logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސިޓީއާއި ދެކޮޅަށް ބިލިޔަނަކާއި ގާތަށް ދަޢުވާތަކެއް ކުރަން ތައްޔާރުވެ، ކުލަބު ބަނގުރޫޓުވުމުގެ ބިރު

އަބްދުﷲ ޣާނިމް
27 ސެޕްޓެމްބަރު 2026 - 04:01
ސިޓީއާއި ދެކޮޅަށް ބިލިޔަނަކާއި ގާތަށް ދަޢުވާތަކެއް ކުރަން ތައްޔާރުވެ، ކުލަބު ބަނގުރޫޓުވުމުގެ ބިރު

ޕްރިމިއާ ލީގުގެ މާލީ ގަވާއިދުތަކާ (އެފްއެފްޕީ) ޚިލާފުވި ކަމުގެ ކުށް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވުމާ ގުޅިގެން، ޕްރިމިއާ ލީގުގެ "ބިގް ސިކްސް" ގެ ހަތަރު ކްލަބަކުން ސިޓީގެ އަތުން މާލީ ބަދަލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިތުބާރު ހުރި ކުޅިވަރު ނޫސްވެރިޔާ ޑޭވިޑް އޯންސްޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިނިވަން ކޮމިޝަނަކުން ވަނީ ސިޓީގެ މައްޗަށް ކުރެވުނު 115 ދައުވާގެ ތެރެއިން 114 ދައުވާއެއް ސާބިތުވާ ކަމަށް ނިންމާފައެވެ. 2009 އިން 2018 އަށް ހިނގި ކަންކަމާ ގުޅޭގޮތުން 2023 ގައި ފެށި މި މައްސަލައިގައި އިސްތިއުނާފު ކާމިޔާބު ނުކުރެވިއްޖެނަމަ، ސިޓީއަށް ބޮޑެތި އަދަބުތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި ބޮޑު ޖޫރިމަނާއެއް، ޓްރާންސްފާ މަނާކުރުން، ޕޮއިންޓް އުނިކުރުން، ލީގުން ވަކިކުރުން އަދި ލީގު ތަށިތައް އަތުލުން ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދަ އެތުލެޓިކްގައި އޯންސްޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވާދަވެރި ކްލަބްތަކުން މިހާރު ދަނީ ގާނޫނީ ފިޔަވަޅުތައް އެޅުމަށް ތައްޔާރުވަމުންނެވެ. އަދި މި މައްސަލައިގައި ކްލަބްތަކަށް ބަދަލު ހޯދުމުގެ ފުރުސަތު އޮތްކަން ރަސްމީކޮށް ސިޓީއަށް އަންގައި ލޯ ފާމްތަކުން އަންނަނީ ކްލަބްތަކާ މަޝްވަރާ ކުރަމުންނެވެ.

ދަ އިންޑިޕެންޑެންޓްގެ މިގުއެލް ޑިލޭނީ ހާމަކުރި ގޮތުގައި، ބަދަލު ހޯދަން މަސައްކަތް ކުރަމުންދަނީ މެންޗެސްޓާ ޔުނައިޓެޑް، އާސެނަލް، ލިވަޕޫލް އަދި ޓޮޓެންހަމް ހޮޓްސްޕާއެވެ. މި ކްލަބްތަކުން ޖުމްލަ 200 މިލިއަން ޕައުންޑަށް ވުރެ ބޮޑު އަދަދެއްގެ ބަދަލު ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މުބާރާތުގެ ގަވާއިދުގެ ދަށުން މި ކްލަބްތަކުން ވަނީ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ކުރިންވެސް ރައްކާތެރިކޮށްފައެވެ. މިއާއެކު ޕްރީމިއަރ ލީގުގެ އެހެން ކުލަބުތަކުންވެސް ސިޓީއާއި ދެކޮޅަށް ކުރާ ގެއްލުމުގެ ބަދަލުހޯދުމުގެ ދަޢުވާ ޖުމްލަ 800 މިލިޔަން ޕައުންޑާއި ގާތަށް ދާނެަމަށް ރިޕޯޓްތަކުން ބުނެއެވެ. މިފަދަ ބޮޑު އަދަދެއް ސިޓީއިން ދައްކަން ޖެހިއްޖެނަމަ، އެކުލަބު ބަނގުރޫޓު ވުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެންޗެސްޓާ ސިޓީ ހަމަބިމަށް ތިރިކުރުމުގައި ކޮމްޕިއުޓާ ހެކަރެއްގެ ދައުރުކުޅިވަރު | ގަޑިއިރެއް ކުރިންސިޓީއާއި ދެކޮޅަށް ބިލިޔަނަކާއި ގާތަށް ދަޢުވާތަކެއް ކުރަން ތައްޔާރުވެ، ކުލަބު ބަނގުރޫޓުވުމުގެ ބިރުކުޅިވަރު | ގަޑިއިރެއް ކުރިންސިޓީ އާާއި ދެކޮޅަށް ކުރި ހުރިހާ ދަޢުވާތަކެއް ސާބިތުވެއްޖެ! ކުލަބު އަތުން ތަށިތައް އަތުލައި ރެލިގޭޓްކުރުމުގެ ބިރު!ކުޅިވަރު | 2 ދުވަސް ކުރިންޕޯޓޯ ބަލިކޮށް ސިޓީއިން ޗެންޕިއަންސް ލީގު ފެށީ ގަދަކޮށްކުޅިވަރު | 18 ދުވަސް ކުރިން