logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސިޓީ އާާއި ދެކޮޅަށް ކުރި ހުރިހާ ދަޢުވާތަކެއް ސާބިތުވެއްޖެ! ކުލަބު އަތުން ތަށިތައް އަތުލައި ރެލިގޭޓްކުރުމުގެ ބިރު!

އަބްދުﷲ ޣާނިމް
25 ސެޕްޓެމްބަރު 2026 - 15:01
ސިޓީ އާާއި ދެކޮޅަށް ކުރި ހުރިހާ ދަޢުވާތަކެއް ސާބިތުވެއްޖެ! ކުލަބު އަތުން ތަށިތައް އަތުލައި ރެލިގޭޓްކުރުމުގެ ބިރު!

ވޭތުވެދިޔަ ނުވަ އަހަރުގެ ތެރޭގައި ހަ ފަހަރު ޕްރިމިއާ ލީގުގެ ތަށި ކާމިޔާބުކޮށް، ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓީމުގެ ގޮތުގައި މެންޗެސްޓާ ސިޓީން ދަމަހައްޓަމުން އައި ރެކޯޑަށް ބޮޑު ލޮޅުމެއް އަރައިފިއެވެ. މާލީ ގަވާއިދުތަކާ ޚިލާފުވި ކަމަށް ބުނެ އެ ކުލަބާ ދެކޮޅަށް ކުރެވުނު 115 ދަޢުވާވެސް ކުލަބާ ދެކޮޅަށް ސާބިތުވެފައިވާ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ. މި ހުރިހާ ކަމެއްގެ އަދަބެއްގެ ގޮތުން ސިޓީގެ އަތުން ތަށިތައް އަތުލައި އެ ކުލަބު ދެވަނަ ޑިވިޝަނަށް ރެލިގޭޓްކުރުން ވަރަށް ގާތް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ސިޓީގެ މައްޗަށް ދަޢުވާކޮށްފައިވަނީ މާލީ ހިސާބުތައް އޮޅުވާލުމާއި، ރަސްމީ ރެކޯޑްތަކުން ބޭރުން ފައިސާގެ މުޢާމަލާތްތައް ހިންގައި، އިތުރު ތިންވަނަ ފަރާތްތަކުން ނުޙައްޤުން ކުލަބަށް ފައިސާ ވައްދައިގެން ޚަރަދުތައް ކުރުމުގެ މައްސަލައިގައެވެ. އަބޫދާބީގެ މަޝްހޫރު ވިޔަފާރިވެރިޔާ ޝޭޚު މަންސޫރު 2008 ވަނަ އަހަރު ސިޓީ ގަތްއިރު އެއީ މެދުފަންތީގެ އަދި މާލީގޮތުން ފަހަތުގައި އޮތް ކުލަބެކެވެ. ނަމަވެސް، ފާއިތުވި 18 ވަރަކަށް އަހަރު ތެރޭގައި ޤަވާއިދާ ޚިލާފަށް ހިސާބު އޮޅުވާލައިގެން ފައިސާ އެތެރެކޮށް، މި މުއްދަތުގައި އެ ޓީމު ވަނީ އިނގިރޭސިވިލާތުގައި އެންމެ ގިނަ ތަށި ހޯދި ކުލަބަށް ވެފައެވެ. ސިޓީން މި ދަޢުވާތަކަށް ތަކުރާރުކޮށް އިންކާރު ކުރި ނަމަވެސް، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ އަޑުއެހުންތައް ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާހިރުން ބުނާގޮތުގައި، ޕްރިމިއާ ލީގަށް ސިޓީ ދަށް ޑިވިޜަންތަކަށް (ލީގު ވަން ނުވަތަ ލީގު ޓޫ އަށް) ސީދާ ރެލިގޭޓް ކުރުމުގެ ބާރެއް ނޯންނާނެއެވެ. އެއީ އީ.އެފް.އެލްގެ ނިންމުމަކަށް ވާތީ، އެންމެ އެކަށީގެންވާ އަދަބަކީ ބޮޑު އަދަދަކުން ޕޮއިންޓް އުނިކުރުމެވެ. ބެލެވޭ ގޮތުގައި ސިޓީގެ އަތުން 60 ޕޮއިންޓާ ގާތްކުރާ އަދަދަކަށް ޕޮއިންޓް އުނިކުރެވޭނެއެވެ. މިފަދަ އަދަބަކާއެކު އޮޓޮމެޓިކުން އެ ޓީމު ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެގެންދާނެއެވެ. އަދި ބައެއް ފަރާތްތަކުން ބުނާގޮތުގައި މި މައްސަލައިގެ ބާވަތުން ސިޓީން ހޯދާފައިވާ ތަށިތައް އަތުލުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މީގެ ކުރިން އެވަޓަން އަދި ނޮޓިންހަމް ފޮރެސްޓް ފަދަ ކުލަބުތަކުން ތިން އަހަރުގެ ތެރޭގައި ހިންގި އެންމެ އަމަލަކާ ގުޅިގެންވެސް ޕޮއިންޓް އުނިކުރުމުގެ ބޮޑެތި އަދަބުތައް ދީފައިވެއެވެ. އޭގެ ބަދަލުގައި ސިޓީގެ މައްޗަށް ކުރެވޭ ތުހުމަތުތައް ނުވަ އަހަރުގެ މުއްދަތަކަށް ދެމިގެންގޮސްފައިވެއެވެ. އެ ކުލަބުގެ ކާމިޔާބު ކޯޗު ޕެޕް ގާޑިއޯލާ މީގެ ކުރިން ބުނެފައިވަނީ މި މައްސަލަ ސާބިތުވެއްޖެނަމަ ކުލަބު ދޫކޮށްލާނެ ކަމަށެވެ. އަދި މި ސީޒަން ފެށުމުގެ ކުރިން އޭނާ ކުލަބު ދޫކޮށްލީ މި މައްސަލަ ކުލަބާ ދެކޮޅަށް ނިމޭނެކަން އެނގޭތީ ކަމަށް ގިނަ ބަޔަކު ދެކެއެވެ. ފަހުގެ ތާރީޚެއްގައި ހިންގި މި އެންމެ ބޮޑު މައްސަލައިގެ ގޮތެއް އަވަހަށް ނުނިމިގެން މީގެކުރިން ޕްރިމިއާ ލީގަށްވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިޓީ އާާއި ދެކޮޅަށް ކުރި ހުރިހާ ދަޢުވާތަކެއް ސާބިތުވެއްޖެ! ކުލަބު އަތުން ތަށިތައް އަތުލައި ރެލިގޭޓްކުރުމުގެ ބިރު!ކުޅިވަރު | ގަޑިއިރެއް ކުރިންޕޯޓޯ ބަލިކޮށް ސިޓީއިން ޗެންޕިއަންސް ލީގު ފެށީ ގަދަކޮށްކުޅިވަރު | 17 ދުވަސް ކުރިންވޯލްޑްކަޕްގައި ވިދާލި ޒުވާން މޮރޮކޯގ މިޑްފީލްޑަރ އައްޔޫބް ބުއާޑީ މެންޗެސްޓަރ ސިޓީއަށް ސޮއިކޮށްފިކުޅިވަރު | މަހެއް ކުރިންޕަލްމެއިރަސްގެ ވިންގާ އެލަން 40 މިލިއަން ޔޫރޯއަށް މެންޗެސްޓާ ސިޓީއަށް ބަދަލުވަނީކުޅިވަރު | މަހެއް ކުރިން