logo
MPL

MPL

ކުޅިވަރު

ޕަލްމެއިރަސްގެ ވިންގާ އެލަން 40 މިލިއަން ޔޫރޯއަށް މެންޗެސްޓާ ސިޓީއަށް ބަދަލުވަނީ

އަބްދުﷲ ޣާނިމް
26 އޯގަސްޓު 2026 - 10:06
ޕަލްމެއިރަސްގެ ވިންގާ އެލަން 40 މިލިއަން ޔޫރޯއަށް މެންޗެސްޓާ ސިޓީއަށް ބަދަލުވަނީ

ބްރެޒިލްގެ ޕަލްމެއިރަސްއަށް ކުޅެމުން އަންނަ އުމުރުން 22 އަހަރުގެ ވިންގާ އެލަން، 40 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއަކަށް މެންޗެސްޓާ ސިޓީއަށް ބަދަލުވުމުގެ އެންމެ ފަހުގެ މަރުހަލާތައް ފުރިހަމަކުރުމަށް ބުރާސްފަތި ދުވަހު އިންގްލެންޑަށް ފުރުމަށް ހަމަޖެހިއްޖެއެވެ.

ކުޅިވަރުގެ ޚަބަރުތައް ގެނެސްދޭ މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާން ވިންގާ ފުރުމުގެ ކުރިން މިއަދުގެ ވަގުތެއްގައި ޕަލްމެއިރަސްގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ބައްދަލުކޮށް އަލްވަދާއު ކިޔާނެއެވެ. އަދި އިންގްލެންޑަށް ދެވުމާއެކު އޭނާގެ ޓްރާންސްފާގެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކަނާތު ފަޅިން ކުޅޭ އަދި ވައަތުފައިން ބޯޅަ ކޮންޓްރޯލްކުރާ ހުނަރުވެރި އެލަން އަކީ ޕަލްމެއިރަސްގެ އެކަޑަމީން ކުރިއަރައިގެން އައި ކުޅުންތެރިއެކެވެ. އޭނާ ވަނީ އެ ކްލަބުގެ ސީނިއާ ޓީމަށް ކުޅެދިން 96 މެޗުގައި ނުވަ ލަނޑު ޖަހައި، 12 އެސިސްޓް ފޯރުކޮށްދީ، ކަމްޕިއޮނާޓޯ ޕައުލިސްޓާ މުބާރާތުގެ ތަށި ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

އެކި މަގާމުތަކަށް ކުޅުމުގެ ގާބިލުކަން ލިބިފައިވާ މި ކުޅުންތެރިޔާ ޓީމާ ގުޅުމާއެކު، މެންޗެސްޓާ ސިޓީގެ އެޓޭކިން ލައިނަށް އިތުރު ވަރުގަދަކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެސްޓަން ވިލާ އަތުން ބަލިވެ، ވަގުހެދި ސިޓީގެ މޮޅުވުމުގެ ސިލްސިލާއަށް ނިމުމެއްކުޅިވަރު | 14 ގަޑިއިރު ކުރިންރެލިގޭޓްވެދާނެ ކަމުގެ ބިރާއެކު ސިޓީގެ ޕްލާސްޓިކް ސަޕޯޓަރުން ޓީމު ދޫކޮށް އަސްލު ކުލަބަށް ރުޖޫޢަވެއްޖެ؟!ކުޅިވަރު | 4 ދުވަސް ކުރިންސިޓީ ބަލިކޮށް ޕީއެސްޖީއިން ތެލުގެ ޑާބީ ކާމިޔާބުކޮށްފިކުޅިވަރު | 10 ދުވަސް ކުރިންސިޓީ ރޮއްވާލަން ނިކުތް ލިވަޕޫލް، އަމިއްލަ ދަނޑުގައި ފައިބައިގެންދާންޖެހުނީ ލަދުވެތި ބައްޔަކުންކުޅިވަރު | 13 ދުވަސް ކުރިން