އެސްޓަން ވިލާ އަތުން ބަލިވެ، ވަގުހެދި ސިޓީގެ މޮޅުވުމުގެ ސިލްސިލާއަށް ނިމުމެއް
24 އޮކްޓޯބަރު 2026 - 14:17

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ، ވަގު ހަދައިގެން 18 އަހަރު ދުވަހު އިނގިރޭށި ލީގު ފަތަހަކުރަމުން އައި މެންޗެސްޓަރ ސިޓީ މި ސީޒަނުގައި ފުރަތަމަ ފަހަރަށް ޕޮއިންޓެއް ނުލިބި މެޗަކުން ބަލިވެއްޖެއެވެ. ވިލާ ޕާކުގައި ކުޅުނު މި މެޗުގައި ސިޓީގެ ޑިފެންސާއި ކީޕަރު ހެދި ގޯސްތަކުގެ ފައިދާ ނަގައި، ވިލާގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ނިކޮލަސް ޖެކްސަންއެވެ.
މެޗުގެ ހަވަނަ މިނެޓުގައި މާކް ގުއެހީ ހެދި ބޮޑު ގޯހަކުން ޖެކްސަން ވިލާއަށް ލީޑު ނަގައިދިން ނަމަވެސް، ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި އާލިން ހާލަންޑް ވަނީ ބޮލުން ލަނޑެއް ޖަހައި ސިޓީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ނަމަވެސް މެޗުގެ 60 ވަނަ މިނެޓުގައި ޖެކްސަން ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާ އަތްދަށުން ގޮސް ގޯލަށް ވަދެ، ވިލާ އަލުން ލީޑު ނެގިއެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ނަތީޖާއާއެކު ލީގު ފެށިގެން ވިދިވިދިގެން އަށް މެޗުން މޮޅުވި ތިންވަނަ ޓީމަށް ވުމުގެ ފުރުސަތު ސިޓީއަށް ވަނީ ގެއްލިފައެވެ. އަނެއްކޮޅުން އުނައި އެމެރީގެ އެސްޓަން ވިލާއިން ވަނީ ތާވަލުގެ އެއްވަނައިގައި އޮންނަ ޓީމުތަކާ ދެކޮޅަށް އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް ބަލިނުވެ ރަނގަޅު ރެކޯޑެއް ދަމަހައްޓާފައެވެ.

-01.jpg&w=3840&q=75)
