logo
MPL

MPL

ކުޅިވަރު

ރެލިގޭޓްވެދާނެ ކަމުގެ ބިރާއެކު ސިޓީގެ ޕްލާސްޓިކް ސަޕޯޓަރުން ޓީމު ދޫކޮށް އަސްލު ކުލަބަށް ރުޖޫޢަވެއްޖެ؟!

އަބްދުﷲ ޣާނިމް
20 އޮކްޓޯބަރު 2026 - 21:53
ރެލިގޭޓްވެދާނެ ކަމުގެ ބިރާއެކު ސިޓީގެ ޕްލާސްޓިކް ސަޕޯޓަރުން ޓީމު ދޫކޮށް އަސްލު ކުލަބަށް ރުޖޫޢަވެއްޖެ؟!

ޗެމްޕިއަންސް ލީގުގައި އޭއީކޭ އެތެންސްއާ ދެކޮޅަށް ކުޅުނު މެޗުގައި ފިލް ފޯޑެން ހެޓްރިކް ހަދައި މެންޗެސްޓަރ ސިޓީ މޮޅުވި ނަމަވެސް، އެ މެޗުގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ ދަނޑުގެ ސަޕޯޓަރުންގެ ގޮނޑިތައް ހުސްކޮށް އޮތް މަންޒަރެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ބަލަން ސިޓީގެ ސަޕޯޓަރުންގެ މަދު ބަޔަކު ވަދެފައިވާއިރު، ފަހަކަށް އައިސް އިނގިރޭސި ފުޓްބޯޅައިގައި ބޮޑު ކާމިޔާބީތަކެއް ހޯދަމުން އަންނަ ޓީމެއްގެ ދަނޑުން މިފަދަ މަންޒަރެއް ފެނުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ހުށަހަޅާފައިވާ މާލީ ގަވާއިދުތަކާ ޚިލާފުވުމުގެ 115 ދަޢުވާއާ ގުޅިގެން، ޓީމު ރެލިގޭޓްވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. މި މައްސަލައާއެކު ކްލަބުގެ މުސްތަޤުބަލާމެދު ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި، މެޗުތައް ބަލަން ވަންނަ ސަޕޯޓަރުންގެ އަދަދު މަދުވުމަކީ އެ ޓީމަށް ސަޕޯޓްކުރީ ހަމައެކަނި ކާމިޔާބީގެ ފަހަތުން އައި މީހުން ނުވަނަ ޕްލާސްޓިކް ފޭންސް ކަމަށް ބުނެ އިދިކޮޅު ޓީމުތަކުގެ ސަޕޯޓަރުން މިހާރު ދަނީ ޖޯކު ޖަހަމުންނެވެ. ފަހަކކަށް އައިސް ސިޓީއިން ހޯދި ކާމިޔާބީތަކާއެކު އެހެން ކްލަބްތައް ދޫކޮށް ސިޓީއަށް ސަޕޯޓުކުރަންފެށި ސަޕޯޓަރުން އެބައިމީހުންގެ ކުރީގެ ކުލަބަށް އަލުން ރުޖޫޢަ ވީކަމަށްބުނެ ގިނަ ބަޔަކުދަނީ މިހާރު ސުވާލުއުފައްދަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ރޭގައި ދަނޑުމަތީގައި ފޯޑެން ދެއްކި މޮޅު ކުޅުމަށްވުރެ ބޮޑަށް މީޑިއާގެ ސަމާލުކަން ހޯދީ ހުސްކޮށް ހުރި ގޮނޑިތަކެވެ. ކުރިން ތަށިތައް ހޯދަމުން ދިޔައިރު ފެނުނު ސަޕޯޓަރުން ޓީމަށް ނާޒުކު ހާލަތެއް ކުރިމަތިވުމުން ގެއްލެމުންދާ މަންޒަރާއެކު، އަދަބުތަކެއް ލިބި ކާމިޔާބީތައް ހުއްޓިއްޖެ ނަމަ ސިޓީގެ ވަފާތެރި ސަޕޯޓަރުންގެ ގޮތުގައި ތިބޭނީ ކިތައް މީހުންތޯ މިހާރު ވަނީ ސުވާލު އުފެދިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެލިގޭޓްވެދާނެ ކަމުގެ ބިރާއެކު ސިޓީގެ ޕްލާސްޓިކް ސަޕޯޓަރުން ޓީމު ދޫކޮށް އަސްލު ކުލަބަށް ރުޖޫޢަވެއްޖެ؟!ކުޅިވަރު | ގަޑިއިރެއް ކުރިންސިޓީ ބަލިކޮށް ޕީއެސްޖީއިން ތެލުގެ ޑާބީ ކާމިޔާބުކޮށްފިކުޅިވަރު | 6 ދުވަސް ކުރިންސިޓީ ރޮއްވާލަން ނިކުތް ލިވަޕޫލް، އަމިއްލަ ދަނޑުގައި ފައިބައިގެންދާންޖެހުނީ ލަދުވެތި ބައްޔަކުންކުޅިވަރު | 9 ދުވަސް ކުރިންސިޓީއަށް ފިޔަވަޅު އެޅުމާއި ދެކޮޅަށް ޔޫއޭއީގެ ސަރުކާރުން އިނގިރޭސީންނަށް ބިރުދައްކަނީކުޅިވަރު | 18 ދުވަސް ކުރިން