logo
MPL

MPL

ކުޅިވަރު

ވޯލްޑްކަޕްގައި ވިދާލި ޒުވާން މޮރޮކޯގ މިޑްފީލްޑަރ އައްޔޫބް ބުއާޑީ މެންޗެސްޓަރ ސިޓީއަށް ސޮއިކޮށްފި

އަބްދުﷲ ޣާނިމް
27 އޯގަސްޓު 2026 - 04:28
ވޯލްޑްކަޕްގައި ވިދާލި ޒުވާން މޮރޮކޯގ މިޑްފީލްޑަރ އައްޔޫބް ބުއާޑީ މެންޗެސްޓަރ ސިޓީއަށް ސޮއިކޮށްފި

ނިމިދިޔަ ވޯޅްޑްކަޕްގައި ވިދާލި މޮރޮކޯގެ ޒުވާން މިޑްފީލްޑަރ އަދިފްރާންސްގެ ލިލްއަށް ކުޅެމުން އައްޔޫބް ބުއާޑީ، 85.6 މިލިއަން ޕައުންޑް (ގާތްގަނޑަކަށް 86 މިލިއަން ޕައުންޑް) ގެ އަގަކަށް މެންޗެސްޓާ ސިޓީއަށް ސޮއިކޮށްފިއެވެ. މި ޓްރާންސްފާއާ އެކު އުމުރުން 18 އަހަރުގެ ބުއާޑީ ވެގެން ގޮސްފައިވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައި ވެސް ސޮއިކުރި އެންމެ އަގުބޮޑު ޓީނޭޖް ކުޅުންތެރިޔާއަށެވެ.

ބުއާޑީ ސިޓީއާ ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން ސިޓީން އެޑްވާންސްކޮށް 81.4 މިލިއަން ޕައުންޑް ދައްކާއިރު، އިތުރު އިނާޔަތްތަކުގެ ގޮތުގައި 4.2 މިލިއަން ޕައުންޑް ހިމެނެއެވެ. ބުއާޑީ މި އަގަކީ 2024 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން ލިލްގެ ޑިފެންޑަރު ލެނީ ޔޯރޯ ހޯދުމަށް ދެއްކި 58.9 މިލިއަން ޕައުންޑަށް ވުރެ ވެސް ބޮޑު އަދަދެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން ކުޅޭ ސިޓީން ބުއައްދީ ގެންނަން ނިންމީ، މެދުތެރެއަށް ކުޅޭ ރޮޑްރީ 65 މިލިއަން ޕައުންޑަށް ބާސެލޯނާއަށް އަދި ޓިޖާނީ ރެއިންޑާސް 52 މިލިއަން ޕައުންޑަށް އަލް ޤާދިސިއްޔާއަށް ވިއްކާލުމަށް ފަހުގައެވެ. މި ސީޒަނުގެ ވޯލްޑް ކަޕުގައި މޮރޮކޯ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު އޭނާ ވަނީ ޓީމު ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުގައި ފުރަތަމަ އެގާރައިގައި ކުޅެފައެވެ.

ސިޓީއާ ގުޅުމަށްފަހު ވާހަކަދައްކަމުން ބުއާޑީ ބުނީ މިއީ އޭނާއަށާއި އާއިލާއަށް ވަރަށް ޚާއްސަ ދުވަހެއް ކަމަށެވެ.

ލިލްގެ ސީނިއާ ޓީމަށް 2023 ވަނަ އަހަރު އުމުރުން އެންމެ 16 އަހަރުގައި ކުޅެން ފެށި ބުއާޑީއަކީ އެ ކްލަބުގެ ތާރީޚުގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާއެވެ. އޭނާ ވަނީ ލިލްއަށް 96 މެޗު ކުޅެދީ، 2024 ވަނަ އަހަރު ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް ބަލިކުރި މެޗުގައި މޮޅު ކުޅުމެއް ދައްކައިފައެވެ.

ސިޓީން ދަނީ މެދުތެރެ ވަރުގަދަކުރުމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން ނޮޓިންހަމް ފޮރެސްޓުން 116 މިލިއަން ޕައުންޑަށް އެލިއަޓް އެންޑަސަން ގެނެސްފައިވާއިރު، ޗެލްސީގެ އެންޒޯ ފެނާންޑޭޒް ހޯދުމަށް ވެސް ސިޓީން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން ސިޓީގެ ސަވީނިއޯ (ސަވިއޯ) 75 މިލިއަން ޕައުންޑަށް ޓޮޓެންހަމަށް ބަދަލުވެފައިވާއިރު، އޮމަރު މަރުމޫޝް ވެސް ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަމަށް ދޫކޮށްލަން ނިންމާފައެވެ. އަދި ނިކޯ ގޮންޒާލެސް 52 މިލިއަން ޕައުންޑަށް ނިއުކާސަލްއަށް ބަދަލުވާން ތައްޔާރުވަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯލްޑްކަޕްގައި ވިދާލި ޒުވާން މޮރޮކޯގ މިޑްފީލްޑަރ އައްޔޫބް ބުއާޑީ މެންޗެސްޓަރ ސިޓީއަށް ސޮއިކޮށްފިކުޅިވަރު | 36 މިނިޓު ކުރިންޗެލްސީއިން ބޭނުންނުވެގެން އެއްލާލި ޖެކްސަން 65 މިލިޔަން ޕައުންޑަށް ވިލާއަށްކުޅިވަރު | 42 މިނިޓު ކުރިންޕަލްމެއިރަސްގެ ވިންގާ އެލަން 40 މިލިއަން ޔޫރޯއަށް މެންޗެސްޓާ ސިޓީއަށް ބަދަލުވަނީކުޅިވަރު | 19 ގަޑިއިރު ކުރިންއަލްވަރޭޒްގެ ހުވަފެނީ މަންޒިލަށް ދެވޭނެ އެއްވެސް ގޮތެއްނެތް! އާސެނަލް އަށް ދިޔުމަށް ތައްޔާރުކުޅިވަރު | 3 ދުވަސް ކުރިން