logo
Bank of Maldives

Bank of Maldives

ކުޅިވަރު

މެންޗެސްޓާ ސިޓީ ހަމަބިމަށް ތިރިކުރުމުގައި ކޮމްޕިއުޓާ ހެކަރެއްގެ ދައުރު

އަބްދުﷲ ޣާނިމް
27 ސެޕްޓެމްބަރު 2026 - 04:25
މެންޗެސްޓާ ސިޓީ ހަމަބިމަށް ތިރިކުރުމުގައި ކޮމްޕިއުޓާ ހެކަރެއްގެ ދައުރު

އިނގިރޭސި ފުޓްބޯޅައިގެ ތާރީޚުގައި ވެސް ހިނގި އެންމެ ބޮޑު އެއް މައްސަލައިގެ ފެށުމަކީ މެންޗެސްޓާ ސިޓީން ދުނިޔެއަށް ސިއްރުކުރަން ބޭނުންވި މުހިންމު ލިޔެކިޔުންތަކެކެވެ. ބީބީސީ ސްޕޯޓްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕްރިމިއާ ލީގުން ސިޓީއާ ދެކޮޅަށް 115 ދައުވާއެއް އުފުލުމަށް މަގުފަހިވި ތަހުގީގުތައް ފެށުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ޕޯޗުގަލްގެ ކޮމްޕިއުޓާ ހެކަރެއް ކަމަށްވާ ރުއީ ޕިންޓޯ އެވެ.

ޕިންޓޯ އޭނާގެ 'ފުޓްބޯލް ލީކްސް' ޕްލެޓްފޯމް މެދުވެރިކޮށް، ކްލަބުގެ ގިނަ އަދަދެއްގެ ސިއްރު ލިޔެކިޔުންތައް އާންމުކުރި އެވެ. އޭގެ ތެރޭގައި ސްޕޮންސާޝިޕް އެއްބަސްވުންތަކާއި އެކި ފަރާތްތަކަށް ކޮށްފައިވާ ފައިސާގެ މުއާމަލާތްތަކާ ގުޅޭ އެތެރޭގެ އީމެއިލްތައް ހިމެނެ އެވެ. މި ލީކުވި މައުލޫމާތުތައް ނޫސްވެރިންނާއި ފުޓްބޯޅަ އިދާރާތަކުން ބަލައި ދިރާސާކުރުމަށްފަހު، ސިޓީގެ މާލީ ކަންކަން ބަލަން ފެށި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޕްރިމިއާ ލީގުން އެ ކްލަބާ ދެކޮޅަށް ރަސްމީކޮށް ދައުވާ އުފުލި އެވެ.

HTIho32X0AAMbyv.jpg

ސިޓީގެ ސިއްރުލިޔުންތައް ލީކުކޮށްލި ހެކަރ ޕިންޓޯ

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލަ ބެލި މިނިވަން ކޮމިޝަނުން، މެންޗެސްޓާ ސިޓީގެ މައްޗަށް ކުރެވުނު 115 ދައުވާގެ ތެރެއިން ގިނަ ދައުވާތަކެއް ސާބިތުވެ ކުށްވެރިވެފައިވާ ކަމަށް 25 ސެޕްޓެމްބަރު 2026 ގައި ބީބީސީން ވަނީ ރިޕޯޓްކޮށްފަ އެވެ. މި ނިންމުން ސިޓީން އިސްތިއުނާފު ކުރާނެ ކަމަށް ބެލެވެ އެވެ.

ޕިންޓޯއަކީ މިހާރުވެސް ގިނަ ބައެއްގެ މެދުގައި ބޮޑެތި ބަހުސްތަކެއް އުފެދިފައިވާ ފަރާތެކެވެ. އޭނާއަށް ތާއީދުކުރާ ފަރާތްތަކުން އޭނާ ސިފަކުރަނީ ފޮރުވިފައިވާ ސިއްރުތައް ހާމަކުރި ވިސިލްބްލޯއާއެއްގެ ގޮތުގަ އެވެ. ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ބުނަނީ އޭނާ ސިއްރު މައުލޫމާތު ހޯދީ ގާނޫނާ ޚިލާފު ވަސީލަތްތައް ބޭނުންކޮށްގެން ކަމަށެވެ.

ޕިންޓޯ 2015 ވަނަ އަހަރު 'ފުޓްބޯލް ލީކްސް' އުފެއްދުމަށްފަހު، 2015 އިން 2018 އަށް ދުނިޔޭގެ ފުޓްބޯޅައާ ގުޅޭ ގާތްގަނޑަކަށް 18.6 މިލިއަން ލިޔެކިޔުން ވަނީ އާންމުކޮށްފަ އެވެ. މިއީ ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚުގައި ވެސް މިހާތަނަށް ހިނގި އެންމެ ބޮޑު ލީކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެންޗެސްޓާ ސިޓީ ހަމަބިމަށް ތިރިކުރުމުގައި ކޮމްޕިއުޓާ ހެކަރެއްގެ ދައުރުކުޅިވަރު | ގަޑިއިރެއް ކުރިންސިޓީއާއި ދެކޮޅަށް ބިލިޔަނަކާއި ގާތަށް ދަޢުވާތަކެއް ކުރަން ތައްޔާރުވެ، ކުލަބު ބަނގުރޫޓުވުމުގެ ބިރުކުޅިވަރު | 2 ގަޑިއިރު ކުރިންސިޓީ އާާއި ދެކޮޅަށް ކުރި ހުރިހާ ދަޢުވާތަކެއް ސާބިތުވެއްޖެ! ކުލަބު އަތުން ތަށިތައް އަތުލައި ރެލިގޭޓްކުރުމުގެ ބިރު!ކުޅިވަރު | 2 ދުވަސް ކުރިންޕޯޓޯ ބަލިކޮށް ސިޓީއިން ޗެންޕިއަންސް ލީގު ފެށީ ގަދަކޮށްކުޅިވަރު | 18 ދުވަސް ކުރިން