ފޯމުގައި އޮތް ބްރައިޓަން ބަލިކޮށް ލިވަޕޫލް ތާވަލުގެ ހަތަރުވަނައަށް
25 އޮކްޓޯބަރު 2026 - 16:56

އިނގިރޭސި ޕްރީމިއާ ލީގުގައި ވާދަވެރި ބްރައިޓަން 0-2 އިން ބަލިކޮށް، ލިވަޕޫލްގެ ކޯޗު އެންޑޯނީ އީރާއޯލާ އަމިއްލަ ދަނޑުގައި ފުރަތަމަ ލީގު މޮޅު ހޯދައިފިއެވެ. މި މެޗުގައި އަލެކްސެންޑާ އައިސެކް ވަނީ ޖެހިޖެހިގެން ތިންވަނަ މެޗުގައި ލަނޑު ޖަހައި އޭނާގެ މޮޅު ކުޅުން ދަމަހައްޓާފައެވެ.
ފާއިތުވި ހަތަރު މެޗު ބައިކޮޅަށް ލަނޑެއް ނުވަދެ ކާމިޔާބުކޮށް ތާވަލުގެ ތިންވަނައިގައި އޮތް ބްރައިޓަން އަތުން ލިވަޕޫލް ކުރިހޯދީ ފުރަތަމަ ހާފުގެ 21 މިނެޓުގެ ތެރޭގައެވެ. މެޗުގެ ފުރަތަމަ ލަނޑަކީ ފްލޯރިއަން ވާޓްޒް ފޮނުވާލި ހަމަލާއެއް ޕަސްކަލް ގްރޮސް ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ބްރެޑްލީ ބާކޯލާ ނަގައިދިން ހުރަހަކުން ލިވަޕޫލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އައިސެކްއެވެ.
.png&w=750&q=75)
Ad by Hajj Corporation
ބްރައިޓަންއަށް ލަނޑު ޖަހަން ޔާސިން އަޔާރީއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމާއެކު، ދެވަނަ ހާފުގައި އެ ޓީމަށް މެޗުގެ ނަތީޖާ ބަދަލުކުރެވޭ ގޮތެއް ނުވިއެވެ. މިއީ އެންފީލްޑްގައި ކުޅުނު ފުރަތަމަ ހަތަރު މެޗުން މޮޅުނުވެ ދިއުމުގެ ނުރައްކަލުން ލިވަޕޫލް ސަލާމަތްވި މުހިންމު މޮޅެކެވެ.

-01.jpg&w=3840&q=75)
