9 މީހުންނާދެކޮޅަށް ކުޅެ ލިވަޕޫލަށް އުނދަގޫ މޮޅެއް
17 އޮކްޓޯބަރު 2026 - 19:56

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުގައި، ބްރެންޓްފޯޑްގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކި މެޗުން ފަހަތުން އަރައި 2-1 އިން ލިވަޕޫލް މޮޅުވެއްޖެއެވެ. މި މޮޅާއެކު ލިވަޕޫލް ވަނީ ތާވަލުގެ ފަސްވަނައަށް ޖެހިލާފައެވެ.
ޖީޓެކް ކޮމިއުނިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 44 ވަނަ މިނެޓުގައި ކީން ލުވިސް-ޕޮޓާ ބޮލުން ޖެހި ލަނޑުން ކުރިހޯދީ ބްރެންޓްފޯޑެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖެރެމީ ޖެކޭއަށް ބޮލުން ހަމަލާދިނުމުން ޔެހޯރް ޔާމޮލިއުކްއަށް ވަނީ ސީދާ ރަތް ކާޑު ދައްކާފައެވެ.
.png&w=750&q=75)
Ad by Hajj Corporation
ދިހަ ކުޅުންތެރިންނާއެކު ބްރެންޓްފޯޑުން ދެވަނަ ހާފު ކުޅެން ޖެހުމުގެ ފައިދާ ނަގައި، ވިކްޓާ މުނިއޮޒް ވަނީ ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން، އަނިޔާއިން އެނބުރި އައި އެލެކްޒެންޑާ އިސާކް ވަނީ ލަނޑެއް ޖަހައި ލިވަޕޫލަށް ކުރިހޯދައިދީފައެވެ.
މެޗުގެ ފަހުކޮޅު ވިޓާލީ ޔެނެލްޓަށް ދެއްކި ދެވަނަ ރީނދޫ ކާޑާއެކު އޭނާ ދަނޑުން ފޮނުވާލުމުން ބްރެންޓްފޯޑަށް އިތުރު ހުރަސްތަކެއް ކުރިމަތިވިއެވެ. މިއީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް ބަލިވި ފުރަތަމަ މެޗެވެ.

-01.jpg&w=3840&q=75)
