logo
MPL

MPL

ކުޅިވަރު

ފަހަތުން އަރައި ވިލަރެއާލް ބަލިކޮށް ލިވަޕޫލް ތާވަލުގެ ދެވަނައަށް

އަބްދުﷲ ޣާނިމް
20 އޮކްޓޯބަރު 2026 - 21:43
ފަހަތުން އަރައި ވިލަރެއާލް ބަލިކޮށް ލިވަޕޫލް ތާވަލުގެ ދެވަނައަށް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ދެ ލަނޑުގެ ލީޑެއް ވިލަރެއާލުން ނަގާފައި ވަނިކޮށް، ފަހަތުން އަރައި 4-3 އިން އެ ޓީމު ބަލިކޮށް ލިވަޕޫލުން މުބާރާތުގައި ދަމަހައްޓަމުން އަންނަ ސައްތައިން ސައްތަ ރެކޯޑު ދަމަހައްޓައިފިއެވެ. އެންފީލްޑްގައި ކުޅުނު މި މެޗުގެ 29 ވަނަ މިނެޓާ ހަމައަށް ވިލަރެއާލަށް ލީޑު ނަގައިދިނީ ޖޯޖަސް މިކައުޓަޑްޒޭ އާއި ސާޖީ ކާޑޯނާއެވެ.

ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެލެކްސިސް މެކް އެލިސްޓާއާއި ރޮނާލްޑް އަރައުހޯ ވަނީ ލަނޑު ޖަހައި ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ދެވަނަ ހާފުގައި މޮޅު ކުޅުމެއް ދެއްކި ޒުވާން ކުޅުންތެރިޔާ ރިއޯ އެންގުމޯހާ ތަނަވަސްކޮށްދިން ފުރުސަތަކުން މެކް އެލިސްޓާ އޭނާގެ ދެވަނަ ލަނޑު ޖަހައި ޓީމަށް ކުރިހޯދައިދިނެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ފްލޯރިއަން ވާޓްޒް ވަނީ ލިވަޕޫލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވިލަރެއާލްގެ ފަހު ލަނޑު ޓާނީ އޮލުވަސޭޔީ ޖެހި ނަމަވެސް، ލިވަޕޫލުން ވަނީ ލީޑު ދަމަހައްޓައި މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެފައެވެ. މި މޮޅާއެކު ލިވަޕޫލް މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހަތުން އަރައި ވިލަރެއާލް ބަލިކޮށް ލިވަޕޫލް ތާވަލުގެ ދެވަނައަށްކުޅިވަރު | ގަޑިއިރެއް ކުރިން9 މީހުންނާދެކޮޅަށް ކުޅެ ލިވަޕޫލަށް އުނދަގޫ މޮޅެއްކުޅިވަރު | 3 ދުވަސް ކުރިންސިޓީ ރޮއްވާލަން ނިކުތް ލިވަޕޫލް، އަމިއްލަ ދަނޑުގައި ފައިބައިގެންދާންޖެހުނީ ލަދުވެތި ބައްޔަކުންކުޅިވަރު | 9 ދުވަސް ކުރިންއިސާކްގެ ހަމައެކަނި ގޯލާއެކު ލިވަޕޫލަށް ލީގުގެ ދެވަނަ މޮޅުކުޅިވަރު | މަހެއް ކުރިން