އިންޓަރ ނިދާފައި ތިއްބާ ރެއާލްއިން ފުރުސަތުގެ ބޭނުންހިފައި މޮޅުވެއްޖެ
9 ސެޕްޓެމްބަރު 2026 - 03:15
.jpg&w=3840&q=75)
ޔުއެފާ ޗެމްޕިއަންސް ލީގުގެ 2026-27 ސީޒަނުގެ ފެށުން ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ. އެސްޓާޑިއޯ ސެންޓިއާގޯ ބެރްނަބެއު ގައި ކުޅުނު ފޯރިގަދަ މެޗުގައި އިންޓަ މިލާން އަތުން ރެއާލް މެޑްރިޑް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން އިންޓައިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، މެޗުގެ 14 ވަނަ މިނެޓުގައި ރެއާލް މެޑްރިޑަށް ލީޑު ނަގައިދިނީ ކީލިއަން އެމްބާޕޭއެވެ. މި ލަނޑަކީ އިންޓަގެ ޑިފެންޑަރު ޔާން ބިސެކް އަތުން ގެއްލުނު ބޯޅައެއްގެ ފައިދާ ނަގައި ބްރަހިމް ޑިއާޒް ދިން ޕާހަކުން އެމްބާޕޭ ކާމިޔާބުކުރި ލަނޑެކެވެ. އޭގެ ފަހުން އިންޓަގެ ގޯލްކީޕަރު ޖޯސެޕް މާޓިނޭޒްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ފެޑެރިކޯ ވަލްވާޑޭ ވަނީ ރެއާލްގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.

Ad by Hajj Corporation
އިންޓައިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މެޗުގެ 77 ވަނަ މިނެޓުގައި ލައުޓާރޯ މާޓިނޭޒް ދިން ބޯޅައަކުން ކާލޯސް އޯގަސްޓޯ ވަނީ އިންޓައަށް ލަނޑެއް ޖަހައިދީ ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް ރެއާލްގެ ތަޖުރިބާކާރު ކީޕަރު ތީބޯ ކޯޓުއާގެ މޮޅު ސޭވްތަކާއެކު ރެއާލުން ވަނީ މެޗު ކާމިޔާބުކޮށް ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.
މި މެޗުގައި ޖެހި ލަނޑާއެކު އެމްބާޕޭ ވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި 5 ވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ރެއާލްގެ ލެޖެންޑް ރައުލް ގޮންޒާލެޒް (71 ލަނޑު) އާ ހަމަކޮށްފައެވެ. އަދި ޗެމްޕިއަންސް ލީގުގައި ކުޅުނު 100 ވަނަ މެޗުގައި ކޯޓުއާ ވަނީ ހަތް މުހިންމު ސޭވް ކޮށްފައެވެ.


