އިންޓަރ ބަލިކޮށް އޭސީ މިލާން ތާވަލުގެ ތިންވަނައަށް
1 ނޮވެމްބަރު 2026 - 02:20

އިޓާލިއަން ސެރީ އާގައި ވާދަވެރި އިންޓަ މިލާން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުމެއް ގެނެސް، އޭސީ މިލާނުން 3-1 އިން މިލާން ޑާބީ ކާމިޔާބުކޮށްފިއެވެ. ސެން ސީރޯގައި ކުޅުނު މި މެޗުގައި މިލާނުގެ ޒުވާން ވިންގާ ޑިއޭގޯ މޮރޭރާ ވަނީ މޮޅު ކުޅުމެއް ދައްކައި، ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނުމުގެ އިތުރުން ހިތްގައިމު ހިލޭޖެހުމަކުން ލަނޑެއްވެސް ކާމިޔާބުކޮށްފައެވެ.
މެޗުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި މޮރޭރާ ތަނަވަސްކޮށްދިން ފުރުސަތުތަކުން މިލާނަށް ލަނޑުތައް ޖަހައިދިނީ ކްރިސްޓިއަން ޕުލިސިޗް އަދި އެޑްރިއަން ރަބިއޯ އެވެ. މެޗުގެ 22 ވަނަ މިނެޓުގައި އަލެސަންދްރޯ ބަސްޓޯނީ އިންޓައަށް ފަރަގު ކުޑަކޮށްދިން ނަމަވެސް، ފުރަތަމަ ހާފު ނިމެން ދަނިކޮށް 25 ޔާޑު ދުރުން މޮރޭރާ ޖެހި ހިލޭޖެހުމުން މިލާނުން އަލުން ދެ ލަނޑުގެ ލީޑެއް ހޯދިއެވެ. މިއީ 2004 ވަނަ އަހަރުގެ ފަހުން މިލާން ޑާބީގައި އޭސީ މިލާން ކުޅުންތެރިއަކު ކާމިޔާބުކުރި ތިންވަނަ ޑައިރެކްޓް ފްރީކިކެވެ.
.png&w=750&q=75)
Ad by Hajj Corporation
ދެވަނަ ހާފުގައި އިންޓައަށް ޕެނަލްޓީއެއް ދިން ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ. މި މޮޅާއެކު، އޭސީ މިލާނުން ވަނީ ލީގުގައި ވާދަވެރި އިންޓަގެ މައްޗަށް ޖެހިޖެހިގެން ތިންވަނަ މޮޅު ހޯދައި، ހުރިހާ މުބާރާތެއްގައި އިންޓައާ ދެކޮޅަށް ބަލިނުވެ އަށް މެޗު ހަމަކޮށްފައެވެ.

-01.jpg&w=3840&q=75)
