logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެއްއަހަރުފަހުން ލެޖެންޑަރީ އޭސީމިލާން ޗެންޕިއަންސް ލީގުގެ ޖާގައެއް ހޯދުމާއި ގާތަށް

އަބްދުﷲ ޣާނިމް
18 މޭ 2026 - 02:38
އެއްއަހަރުފަހުން ލެޖެންޑަރީ އޭސީމިލާން ޗެންޕިއަންސް ލީގުގެ ޖާގައެއް ހޯދުމާއި ގާތަށް

އިޓަލީގެ ސެރީ އޭގައި ޖެނޯއާ އަތުން 2-1 އިން މޮޅުވެ، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށް އޭސީ މިލާނުން ކުރަމުންދާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ. މި މޮޅާއެކު މިލާން ވަނީ ތާވަލުގެ ތިންވަނަ މަގާމަށް ޖެހިލާފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، ލަނޑެއް ފެނިފައެއް ނުވެއެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި މިލާނަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މިއީ ޖެނޯއާގެ ކީޕަރު ޖަސްޓިން ބިޖްލޯ، މިލާންގެ ކްރިސްޓޮފާ އެންކުންކޫއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް އެންކުންކޫ ވަނީ މިލާނަށް ކުރިހޯދައިދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ 81 ވަނަ މިނެޓުގައި ޒަކަރީ އަޓެކާމޭ ވަނީ ހިތްގައިމު ގޯލެއް ޖަހައި މިލާންގެ ލީޑު ފުޅާކޮށްދީފައެވެ. އޭގެ ފަސް މިނެޓު ފަހުން ޖެނޯއާގެ ކެޕްޓަން ޔޯހާން ވަޒްކޭޒް ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، އިތުރު ވަގުތުގެ 10 މިނެޓާއެކުވެސް ޖެނޯއާއަށް މެޗުގެ ނަތީޖާ ހަމަހަމައެއް ނުކުރެވުނެވެ.

މި ލަނޑާއެކު އެންކުންކޫ މި ސީޒަނުގައި މިލާނަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ ހަތަކަށް އަރާފައެވެ. މިއީ އޭނާ ކުރިން ޗެލްސީގައި ހޭދަކުރި ދެ ސީޒަނުގައި ޖެހި ޖުމްލަ ލަނޑަށްވުރެ ގިނަ އަދަދެކެވެ. އަދި އޭނާ ވެފައިވަނީ ފާއިތުވި 10 ސީޒަނެއްގެ ތެރޭގައި މިލާނަށް އެއް ސީޒަނެއްގައި ފަސް ޕެނަލްޓީ ކާމިޔާބުކޮށްދިން ދެވަނަ ކުޅުންތެރިޔާއަށެވެ.

މިއީ ސެރީ އޭގެ ތާރީޚުގައި ޖެނޯއާގެ ދަނޑުގައި މިލާނުން ޖެހިޖެހިގެން ހޯދި ހަތަރުވަނަ މޮޅެވެ. މާސިމިލިއާނޯ އެލެގްރީގެ އިރުޝާދުގެ ދަށުން ކުޅޭ މިލާން ޓީމުން ތިން މެޗަށްފަހު މޮޅެއް ހޯދިއިރު، އަންނަ ހަފުތާގައި ކަގްލިއަރީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުކުރުމުގެ ފުރުސަތު އަމިއްލަ އަތްމަތީގައި މިހާރު އެބައޮތެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެއްއަހަރުފަހުން ލެޖެންޑަރީ އޭސީމިލާން ޗެންޕިއަންސް ލީގުގެ ޖާގައެއް ހޯދުމާއި ގާތަށްކުޅިވަރު | ގަޑިއިރެއް ކުރިންސަމަރ ޓްރާންސްފަރގައި އެންމެ ބޮޑު ޚަރަދެއްކުރި ލިވަޕޫލް، އޭސީ މިލާން އަތުން ބަލިވެއްޖެކުޅިވަރު | 10 މަސް ކުރިންލޫކާ މޮޑްރިޗް އޭސީ މިލާނަށް ސޮއިކޮށްފިކުޅިވަރު | 10 މަސް ކުރިންމޮޑްރިޗް އޭސީ މިލާނަށް، ޗެންޕިއަންސް ލީގުގައި ރެއާލް އާއި ދެކޮޅަށް ނުކުޅޭނެކުޅިވަރު | އަހަރެއް ކުރިން