logo
ކުޅިވަރު

ލޫކާ މޮޑްރިޗް އޭސީ މިލާނަށް ސޮއިކޮށްފި

އަބްދުﷲ ޣާނިމް
14 ޖުލައި 2025 - 17:56
ލޫކާ މޮޑްރިޗް އަކީ ފަހުގެ ތާރީޚެއްގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކޫލުންތެރިޔާ - ފޮޓޯ: އޭސީ މިލާން
ލޫކާ މޮޑްރިޗް އަކީ ފަހުގެ ތާރީޚެއްގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކޫލުންތެރިޔާ - ފޮޓޯ: އޭސީ މިލާން

ރިއަލް މެޑްރިޑްގައި 13 އަހަރު ހޭދަކުރުމަށްފަހު ކުލަބާއި އަލްވަދާޢުކިޔުމަށްފަހު ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް، އިޓަލީގެއޭސީ މިލާނާއެކު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުން 2027 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް އިތުރުކުރުމުގެ ފުރުސަތު އޮންނާނެއެވެ.

39 އަހަރުގެ މިޑްފީލްޑަރު މިލާނަށް ބަދަލުވެއްޖެކަން ކްލަބުގެ އައު ކޯޗު މެކްސިމިލިއަނޯ އެލެގްރީ މި މަހުގެ ކުރީކޮޅު ކަށަވަރުކޮށްދިނެވެ. މޮޑްރިޗް މިލާނުގައި ކުޅޭނީ ނަންބަރު 14 ޖާޒީގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

ފުޓްބޯޅަ ތާރީހުގެ އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ މޮޑްރިޗް، ރިއަލް މެޑްރިޑުން ދޫކޮށްލާނެކަން މޭ މަހު އިއުލާނުކުރިއެވެ. އޭނާ ރިއަލް މެޑްރިޑަށް 597 މެޗެއް ކުޅެ، ހަތަރު ލަ ލީގާ އަދި ހަ ޗެމްޕިއަންސް ލީގް ޓައިޓަލް ހިމެނޭ ގޮތަށް ޖުމްލަ 28 މުހިންމު ޓްރޮފީ ހޯދައިދީފައިވެއެވެ.

ކްރޮއޭޝިއާގެ މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިއާގެ ގޮތުގައި ބެލެވޭ މޮޑްރިޗް ވަނީ ގައުމީ ޓީމަށް 188 މެޗު ކުޅެ 28 ލަނޑު ޖަހާފައެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކްރޮއޭޝިއާ ފުރަތަމަ ފަހަރަށް ފައިނަލަށް ގެންދިއުމުގައި އިސް ދައުރެއް އަދާކޮށް، އެ މުބާރާތުގެ ގޯލްޑަން ބޯލް (މޮޅުކުޅުންތެރިޔާ) ހޯދިއެވެ. އަދި ހަމަ އެ އަހަރު ބެލަން ޑި އޯވެސް ހޯދައި، 2007 އިން ފެށިގެން ލިއޮނެލް މެސީ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ނޫން އެހެން ކުޅުންތެރިއަކު އެ އެވޯޑް ހޯދި ފުރަތަމަ ކުޅުންތެރިޔާއަށްވެސް ވެގެންދިޔައީ މޮޑްރިޗްއެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޮށިތަންމައްޗާއެކު މިއުނިކްގައި ހުއްޓާ އެނބުރި ގެޔަށް އަންނަން އެންގުމާއެކު ޖެކްޝަން ބޮޑާ ހާކަންފަށައިފިކުޅިވަރު | 9 ގަޑިއިރު ކުރިންޔުނައިޓެޑްގެ ހަތުރުވެރިންނަށް ހިތާވެރި ޚަބަރެއް، ވޯލްޑްޗެންޕިއަން އެމީ މާޓީނޭޒް ޔުނައިޓެޑަށްކުޅިވަރު | 10 ގަޑިއިރު ކުރިންހިންކާޕީގެ ޓްރާންސްފާއާއެކު އާޓެޓާގެ ޓްރާންސްފާ ބަޖެޓް ބިލިޔަނަކަށް، މިފަހަރު ތަށި ނޫނީ ގެޔަށްކުޅިވަރު | 2 ދުވަސް ކުރިންޗެލްސީއަށް ހަތަރު ހަފްތާއިން ނުހެދުނު ސިމޯންސްގެ ޓްރާންފާ ޓޮޓްނަމް އިން ދެދުވަސްތެރޭގައި ނިންމައިފިކުޅިވަރު | 3 ދުވަސް ކުރިން