logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސަމަރ ޓްރާންސްފަރގައި އެންމެ ބޮޑު ޚަރަދެއްކުރި ލިވަޕޫލް، އޭސީ މިލާން އަތުން ބަލިވެއްޖެ

އަބްދުﷲ ޣާނިމް
27 ޖުލައި 2025 - 05:14
ލިވަޕޫލާއި އޭސީމިލާން ވާދަކުރި މެޗުގެ ތެރެއިން
ލިވަޕޫލާއި އޭސީމިލާން ވާދަކުރި މެޗުގެ ތެރެއިން

މި އަހަރުގެ ސަމަރ ޓްރާންސްފަރ ވިންޑޯގައި ޔޫރަޕުގައި އެންމެ ބޮޑު ޚަރަދެއްކުރި ލިވަޕޫލް ހޮންކޮންގުގައި ރޭގައި ކުޅުނު ޕްރީ ސީޒަން މެޗުގައި އޭސީ މިލާން އަތުން 4-2 އިން ބަލިވެއްޖެއެވެ. އާނެ ސްލޮޓްގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުގައި ލިވަޕޫލާއި އަލަށް ގުޅުނު ފްލޯރިއަން ވަރޓްޒް އަދި ޖެރެމީ ފްރިމްޕޮންގް ފަދަ އައު ކުލުންތެރިން ބައިވެރިވި ނަމަވެސް، ޑިފެންސިވްގައި ހެދުނު މިސްޓޭކްތަކުންނާއި ކައުންޓަރ އެޓޭކްތަކުގައި ލިބުނު ފުރުސަތުތަކުން މިލާން ވަނީ ފައިދާ ނަގާފައެވެ.

މެޗުގެ ކުރީކޮޅު ރަފައެލް ލެއާއޯގެ ގޯލާއެކު މިލާން ލީޑު ނެގިނަމަވެސް، ޑޮމިނިކް ސޮބޮޒްލައިގެ ރީތި ޝޮޓަކުން ލިވަޕޫލް ވަނީ މެޗު ހަމަހަމަ ކޮށްފައެވެ. ނަމަވެސް ދެވަނަ ހާފުގައި ރޫބެން ލޮފްޓަސް-ޗީކް އަދި ނޯއާ އޮކަފޯގެ ދެ ލަނޑުން މިލާން ވަނީ ލީޑުނަގާފައެވެ. މެޗުގެ ފަހުވަގުތު ކޯޑީ ގަކްޕޯ ވަނީ ހެޑަރއަކުން ލިވަޕޫލްގެ ދެވަނަ ލަނޑު ޖަހާފައިވީ ނަމަވެސް، އޭގެ މިނެޓެއްފަހުން ޑިފެންސިވް މިކްސް-އަޕަކުން އޮކަފޯ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޗުގައި ސްލޮޓް ވަނީ 20 ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ. ޓްރާންސްފަރ ސްޕެކިއުލޭޝަންތަކާ ގުޅިގެން ލުއިސް ޑިއާޒް އަދި ފިޓްނެސް މައްސަލައެއްގެ ސަބަބުން ޑާވިން ނުނެޒް މެޗުގައި ބައިވެރިނުވިއެވެ. މެޗަށްފަހު ސްލޮޓް ވަނީ "ކައުންޓަރ އެޓޭކްތަކުގައި ޓީމު މާ އޯޕަން ވެފައި ހުރި" ކަމަށް ބުނެ، ޕްރިމިއަރ ލީގު ފެށުމުގެ ކުރިން މި މައްސަލަ ހައްލުކުރަން ޖެހޭނެ ކަމަށް ބުނެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލިވަޕޫލުން ކްރިސްޓަލް ޕެލަސް ބަލިކޮށް، ޖެހިޖެހިގެން ތިންވަނަ މޮޅު ހޯދައިފިކުޅިވަރު | 5 ދުވަސް ކުރިން އިތުރު ވަގުތުގައި ވެން ޑައިކް ކާމިޔާބުކޮށްދިން ގޯލާއެކު ލިވަޕޫލަށް ޔޫރަޕުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ބޮޑުކޮށްފިކުޅިވަރު | 11 ދުވަސް ކުރިންލިވަޕޫލްގެ އަމިއްލަ ދަނޑުގައިވެސް އެޓީމު ބަލިކޮށް ޗެންޕިއަން ޕީއެސްޖީ ސެމީއަށްކުޅިވަރު | 16 ދުވަސް ކުރިންސަލާޙުގެ މޮޅުކުޅުމާއެކު ލިވަޕޫލުން މުހިންމުމޮޅެއް ހޯދައިފިކުޅިވަރު | 19 ދުވަސް ކުރިން