logo
MPL

MPL

ކުޅިވަރު

ޕެނަލްޓީ ދީގެންވެސް މޮރީނިއޯގެ ރެއާލް މެޑްރިޑް އަށް ޕޮއިންޓެއް ނުލިބީ ސީޒަނުގެ ފުރަތަމަ ބަލިވެއްޖެ

އަބްދުﷲ ޣާނިމް
4 ސެޕްޓެމްބަރު 2026 - 21:14
ޕެނަލްޓީ ދީގެންވެސް މޮރީނިއޯގެ ރެއާލް މެޑްރިޑް އަށް ޕޮއިންޓެއް ނުލިބީ ސީޒަނުގެ ފުރަތަމަ ބަލިވެއްޖެ

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޓްރޯއި ޕެރޮޓް ކާމިޔާބުކުރި ލަނޑުން ރެއާލް މެޑްރިޑްގެ މައްޗަށް ރެއާލް ބެޓިސްއިން ކުރިހޯދައިފިއެވެ. މެޗުގެ އިތުރު ވަގުތުގައިރެއާލް އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ކިލިއަން އެމްބާޕޭ ފޮނުވާލި ޕެނަލްޓީ ވަނީ ބެޓިސްގެ ކީޕަރު ދިފާއުކޮށްފައެވެ. މިމެޗުގައި ރެއާލް މެޑްރިޑްއަށް ގޯލުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނުއިރު، ބެޓިސްގެ ކީޕަރުވަނީ ގިނަ ހަމަލާތަކެއް ދިފާއުކޮށް މެޗުގައި މޮޅުކުޅުމެއް ދައްކާފައެވެ.

މެޗުގެ 68 ވަނަ މިނެޓުގައި ކުޅެން ނުކުތް އަޔަލެންޑުގެ ޕެރޮޓް މި ލަނޑު ޖެހީ ނެލްސަން ޑިއޯސާ ބޮލުން ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ދިފާއުކުރުމުން ލިބުނު ރީބައުންސް ބޯޅައިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރެއާލް މެޑްރިޑުން އެއްވަރުކުރުމަށް ކުރި މަސައްކަތުގައި، މެޗުގެ ފަހުގަޑީގައި ވިނީޝިއަސް ޖޫނިއާ ނަގައިދިން ހުރަހަކުން ކާލޮސް އެސްޕީ ޖެހި ލަނޑު، ވީއޭއާރު ބެލުމަށްފަހު ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ. އަދި އޭގެ ފަހުން ވިނީޝިއަސްއަށް ކުރި ފައުލަކާ ގުޅިގެން ރެއާލްއަށް ލިބުނު ޕެނަލްޓީ، އެމްބާޕޭ ފޮނުވާލުމުން ބެޓިސްގެ ކީޕަރު އަލްވާރޯ ވަލޭސް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި ނަތީޖާއާއެކު، ރެއާލް މެޑްރިޑްގެ ކޯޗުކަމާ ދެވަނަ ފަހަރަށް ހަވާލުވެ ޖޯސޭ މޮރީނިއޯ ފެށި ތިން މެޗުގެ މޮޅުވުމުގެ ސިލްސިލާއަށް ވަނީ ނިމުމެއް އައިސްފައެވެ. ރެއާލް މެޑްރިޑް ފާއިތުވެދިޔަ 5 އަހަރު ތެރޭގައި ބެޓިސްގެ ދަނޑުގައި މޮޅެއް ލިބިފައެއް ނުވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާސެލޯނާއިން ރެފްރީންނަށް ރިޝްވަތުދިން މައްސަލައާއި ގުޅޭ 500އަށްވުރެ ގިނަ ޞަފްޙާގެހެކި ރެއާލް މެޑްރިޑުން ޔުއޭފާއަށް ހުށަހަޅައިފިކުޅިވަރު | 5 ދުވަސް ކުރިންބާސެލޯނާއިން އަބުރުގެ ދަޢުވާކުރުމަށް ރެއާލް މެޑްރިޑް ގޮވައިގެން ކޯޓަށްކުޅިވަރު | 6 ދުވަސް ކުރިންރެއާލް މެޑްރިޑްއާއި ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުގައި ރެފްރީން ނިންމާފައިވާ ނިންމުންތަކަށް މާފަށްއެދި ރެފްރީ ސަސްޕެންޑްކުރަނީކުޅިވަރު | 14 ދުވަސް ކުރިންއަނެއްކާވެސް ސުވާލުއުފެދޭ ބޮޑެތި ނިންމުންތަކާއެކު އެތުލެޓިކޯ އިން ރެއާލް މެޑްރިޑް ބަލިކޮށްފިކުޅިވަރު | 15 ދުވަސް ކުރިން