logo
E-Platinum
ޚަބަރު

ކުޅުދުއްފުށި ކުޅިއަށް ދާ ގުޑުގުޑާ ދޫނިތަކަށް ގެއްލުން ނުދިނުމައް އަންގައިފި

ގުޑުގުޑާ ދޫނި//  ފޮޓޯ: ކުޅުދުއްފުށި ކައުންސިލް //
ގުޑުގުޑާ ދޫނި// ފޮޓޯ: ކުޅުދުއްފުށި ކައުންސިލް //

ކުޅުދުއްފުށި ކުޅިއަށް ދާ ގުޑުގުޑާ ދޫނިތަކަށް ގެއްލުން ނުދިނުމައް ކުޅުދުއްފުށި ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ 2021 ވަނަ އަހަރުންފެށިގެން ކޮންމެ އަހަރެއްގެ އިރުވާ މޫސުމުގައިވެސް ކުޅުދުއްފުށި ކުޅިއަށް ގުޑުގުޑާ ދޫނިތައް އަންނަނީ ޒިޔާރަތްކުރަމުންނެވެ.

"މި ފަދަ މޫސުމީ ދޫނި ރަށުގައި މަޑުކޮށްގެން ތިބުމަށް އެސޮރުމެންނަށް އަމާން ފަސޭހަ މާހައުލެއް ހޯދައިދިނުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް"

ކައުންސިލުގެ ބަޔާނުގައިބުނީ ބައެއް ފަރާތްތަކުން ދޫނިތަކާއި މާކައިރިއަށް ދިއުމާއި، ދޫނިތަކަށް ގޯނާވާގޮތަށް ކުޅީގައި ކެނޯ ދުއްވާކަމުގެ ޝަކުވާ ލިބެމުންދާކަމަށާއި އެހެންކަމުން ގުޑުގުޑާ ދޫނި ކުޅީގައި ތިބޭއިރު ކުޅީގައި ކެނޯ ދުއްވުމަކީ މަނާކަމެެއް ކަމުގައިގައި ކަނޑައަޅާފައިވާކަމަށެވެ. އަދި ހަމައެއާއެކު ޑްރޯން ދުއްވާ ފަރާތްތަކުންވެސް ދޫނިތަކަށް އުނދަގޫވާފަދަ އެއްވެސް އަމަލެއް ނުހިންގުމަށް ކައުންސިލުންވަނީ އިލްތިމާސްކޮށްފައެވެ.

ކުޅީގައި ކެނޯ ދުއްވާނަމަ ނުވަތަ ދޫނިތަކަށް އުނދަގޫވާފަދަ އެއްވެސް އަމަލެއްް ހިންގާނަމަ އެކަން 7328831 ނަންބަރަށް ރިޕޯޓުކުރުމަށް ކައުންސިލުންވަނީ އެދިފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި ޚަބަރު | 3 ދުވަސް ކުރިންކުޅުދުއްފުށީގައި އަޅާ ޓިވެޓް ސެންޓަރުގެ ބިންގާ އަޅައިފިޚަބަރު | 2 މަސް ކުރިންފިހާރައަކަށް ކަތިވަޅިއެއް ހިފައިގެން ވަން މީހަކު އެއް އަހަރަށް ޖަލަށްޚަބަރު | 5 މަސް ކުރިންކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި ޚަބަރު | 5 މަސް ކުރިން