logo
E-Platinum
ޚަބަރު

ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި

އަޙްމަދު ޒަލީފް
26 ފެބްރުއަރީ 2025 - 14:13
ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި

ކުޅުދުއްފުށި ސިޓީގައި ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމްއެއް ބަހައްޓައި ޚިދުމަތް ދޭން ފަށައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވީ މިއީ އެ ބޭންކުގެ ޑޮލަރު އޭޓީއެމްގެ ވިއުގަ ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ބެހެއްޓި އޭޓީއެމްއެއްކަމަށެވެ.

އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލްއަކީ ހުރިހާ ދިވެހިންގެ ބޭންކު ކަމަށާއި، އެ ބޭންކުން ތަޢާރަފުކުރާ ކޮންމެ ޚިދުމަތްތަކާއި، ގެންނަ ކޮންމެ ބަދަލަކީ އެއް މަޤްޞަދަކަށްޓަކައި ކުރާ މަސައްކަތްތަކެއްކަމަށެވެ.

ކުޅުދުއްފުށި ސިޓީގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓާފައިވާއިރު، އެ ސަރަހައްދުގެ ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހަނިމާދޫ އެއަރޕޯޓު ތަރައްޤީވެގެންދިއުމާއެކު އެ ސަރަހައްދުގެ ފަތުވެރިކަން ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމްގެ ވިއުގަ ފުޅާކުރުމުގެ މަސައްކަތުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްއެއް ބެހެއްޓުމުގެ މަސައްކަތް އެ ބޭންކުން މިހާރު ދަނީ ކުރަމުންނެވެ. މިމަސައްކަތުގެ ދަށުން މި ހަފްތާގައި މުޅި ދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ އޭޓީއެމް ބަހައްޓާ ނިންމާފައެވެ.

އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލްއަކީ ހުރިހާ ދިވެހިންގެ ބޭންކު ކަމަށާއި، އެ ބޭންކުން ތަޢާރަފުކުރާ ކޮންމެ ޚިދުމަތްތަކާއި، ގެންނަ ކޮންމެ ބަދަލަކީ އެއް މަޤްޞަދަކަށްޓަކައި ކުރާ މަސައްކަތްތަކެއްކަމަށެވެ،

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި ޚަބަރު | 6 ދުވަސް ކުރިންކުޅުދުއްފުށީގައި އަޅާ ޓިވެޓް ސެންޓަރުގެ ބިންގާ އަޅައިފިޚަބަރު | 2 މަސް ކުރިންފިހާރައަކަށް ކަތިވަޅިއެއް ހިފައިގެން ވަން މީހަކު އެއް އަހަރަށް ޖަލަށްޚަބަރު | 5 މަސް ކުރިންކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި ޚަބަރު | 5 މަސް ކުރިން