logo
Bank of Maldives

Bank of Maldives

ޚަބަރު

ކުޅުދުއްފުށީގައި އަޅާ ޓިވެޓް ސެންޓަރުގެ ބިންގާ އަޅައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
28 މޭ 2025 - 17:58
ކުޅުދުއްފުށީގައި އަޅާ ޓިވެޓް ސެންޓަރުގެ ބިންގާ އަޅައިފި

ކުޅުދުއްފުށި ސިޓީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ (ޓިވެޓް) ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ.

މި މުހިންމު މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މަތީ ތަޢުލީމާއި، މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙްމަދެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫޢަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢު އާރްޑީސީއާ ހަވާލުކުރެވުނީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. މަޝްރޫޢު ނިންމުމަށް ދެވިފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.

27,600.2 އަކަފޫޓުގެ ބިމެއްގައި ތަރައްޤީކުރެވޭ މި ސެންޓަރަކީ 3 ފަންގިފިލާއަށް އިމާރާތްކުރެވޭ ތަނެކެވެ. މި ސެންޓަރުގައި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން 7 ކްލާސްރޫމާއި، އައި.ސީ.ޓީ ލެބޯޓަރީއާއި، އިދާރީ ޚިދުމަތްތަކަށް ޚާއްޞަ ސަރަޙައްދެއް ހިމެނޭނެއެވެ. މީގެ އިތުރުން، ސްޓާފް ރޫމާއި، ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ ސަރަޙައްދެއްގެ އިތުރުން އޮޑިޓޯރިއަމަކާއި، މީޓިންގ ރޫމްތަކާއި، ސްޓަޑީ ރޫމްތަކާއި ލައިބްރަރީއެއްވެސް ހިމެނޭނެއެވެ.

މި މަޝްރޫޢުގެ ދަށުން ދަރިވަރުންގެ ދަނާލެއްވެސް އިމާރާތްކުރެވޭނެއެވެ. 3 ފަންގިފިލާއަށް ހަދާ މި ދަނާލުގައި 32 ޝެއަރިންގ ރޫމް ހުންނާނެއެވެ. މީގެ އިތުރުން ދަރިވަރުންގެ ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމަށް ކިޗަނަކާއި ޑައިނިންގ އޭރިއާއެއް ހިމެނޭނެއެވެ. އަދި ލޯންޑްރީ ފަދަ ޚިދުމަތްތަކުގެ އިތުރުން ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ އެކްޓިވިޓީ އޭރިއާއަކާއި ޖިމެއްވެސް ހުންނާނެއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގައި ކުރިއަށްދާ އެކިކަހަލަ ސިނާޢީ މަސައްކަތަށް ބޭނުންވާ ފަންނުވެރިން ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދަނާލުގެ ޚިދުމަތާއެކު ތަރައްޤީކުރެވޭ މިފަދަ އިންސްޓިޓިއުޓަކުން ރަށުން ބޭރުން އަންނަ ދަރިވަރުންނަށް އަތޮޅުތެރޭގައި ތިބެގެން އުނގެނި ތަމްރީން ހޯދޭނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު ކެންޑިޑޭޓު ސިޓީއަށް އޮތީ ވަރުގަދަ ތަސައްވުރެއްޚަބަރު | 12 ދުވަސް ކުރިންއެމްޑީޕީގެ ދެ ވެރިކަމުގައިވެސް ރާއްޖޭގެ އިގްތިސޯދަށް ފައިދާވާނެ ކަމެއް ކޮށްފައިނުވޭ: ފަލާހްޚަބަރު | 13 ދުވަސް ކުރިންކުޅުދުއްފުށި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް މިއަހަރު ފަށާނަން: މިނިސްޓަރޚަބަރު | 13 ދުވަސް ކުރިންކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި 53 މިލިއަން ރުފިޔާގެ ފެސިލިޓީއެއް އަޅަން ހަވާލުކޮށްފިޚަބަރު | 23 ދުވަސް ކުރިން