ރައީސްގެ ޚިޔާލަކީ ކައުންސިލުތަކުގެ ރައިސާއީ ނައިބު ރައީސް ފިޔަވައި އެހެން މެންބަރުން ޕާޓް ޓައިމް ކުރުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ގދ. ފިޔޯރީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
.jpg&w=3840&q=75)
08 ޖެނުއަރީ 2025 - 05:18
ކައުންސިލުތަކުން މެންބަރުން މަދުކުރުމުގެ ބަދަލުގައި، ކައުންސިލުތަކުގެ ރައީސާއި ނައިބު ރައީސް ނޫން އެހެނިހެން މެންބަރުން ޕާޓް ޓައިމްކޮށް މަސައްކަތްކުރުމާ މެދު އާންމުންގެ ޚިޔާލަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންނަވައިފިއެވެ.
ރައީސް އެފަދައިން އެދިވަޑައިގެންނެވީ، ރޭ ގދ. ފިޔޯރީގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ވިދާޅުވީ، މީގެ ކުރިން ވެސް ކައުންސިލުތަކުގެ މެންބަރުންގެ އަދަދު މަދުކުރުމުގެ ޚިޔާލު ފާޅުކުރައްވައިފައިވާނެ ކަމަށާއި އަދި އެކަމަށްޓަކައި ރައްޔިތުންނާ އެކު މަޝްވަރާކުރެވި ބަދަލުތައް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އެހެން ނަމަވެސް، ކައުންސިލުތަކުގެ މެންބަރުންގެ އަދަދު މަދުކޮށްފިނަމަ، ޑިމޮކްރެޓިކް ރެޕްރެޒެންޓޭޝަނަށް އޭގެ ސަބަބުން އަސަރުކުރުމަކީ އޮތް ކަންބޮޑުވުމެއްގެ ގޮތުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ކުރިން ވެސް އަޅުގަނޑު ވާނީ، ކައުންސިލުތަކުގެ ސައިޒު ނުވަތަ ކޮމްޕޮޒިޝަން ކުޑަކުރަންޖެހޭކަން ޚިޔާލު ފާޅުކޮށްފައި. އަދި އެކަމަށްޓަކައި މަޝްވަރާކުރެވި، ކަމާ ގުޅޭ އެންމެހާ ފަރާތްތައް އެކީގައި ގެންނަންވާ ބަދަލުތައް ގެންނަންވާނެ ކަމެއް. މި ގޮތުން ބަލާއިރުގައި އެއް ކަންބޮޑުވުމަކަށްވީ، ކައުންސިލަރުންގެ އަދަދު މަދުކޮށްފިއްޔާ، ޑިމޮކްރެޓިކް ރެޕްރެޒެންޓޭޝަންއަށް އަސަރު އެބަކުރޭ. މާ މީހުން މަދުވީމާ، - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
އޭގެ ބަދަލެއްގެ ގޮތުން، ކަައުންސިލަރުންގެ އަދަދު މަދުނުކޮށް، ކައުންސިލުތަކުގެ ރައީސާއި ނައިބު އެކަނި ފުލްޓައިމްކޮށް އިންތިހާބުކުރުމަށާއި، ބާކީ ތިބޭ މެންބަރުންނަކީ އެ މެންބަރުން ހާޟިރުވާ ކޮންމެ ޖަލްސާއަކަށް ފައިސާ ލިބޭ ފަދަ ކައުންސިލަރުންނަށް ހެދުމަށް ރައީސް ވަނީ ޚިޔާލު ހުށަހަޅުއްވާފައެވެ.
އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި، ސިޓީ ކައުންސިލުތައް ވެސް ބައްޓަންކުރަން ފެންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ވަރަށް ބޮޑުތަނުން ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލުތަކަށް ކުރާ ޚަރަދު ކުޑަވާނެކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ބޭނުންވަނީ ޚަރަދު ކުޑަކުރަން. މާ ނިޒާމު ޚަރަދު ބޮޑީ. ކޮންމެ ރަށެއްގައި އެ ރަށެއްގެ އާބާދީއަށް ޚިދުމަތް ކުރަން ބޭނުންވާ އަދަދަށް ވުރެ ގިނައިން ފުލްޓައިމްކޮށް ބައިވަރު ކައުންސިލަރުން ތިބުމަކީ ޚަރަދު ބޮޑު ނިޒާމެއް. އެހެންވީމާ މި ހުރިހާ ކަމަކަށް އަލިއަޅުވާލާ ކުރެވިދާނެ ގޮތެއް ކަމަށް އަޅުގަނޑަށް ފެންނަ ގޮތަކީ ކައުންސިލަރުންގެ އަދަދު މަދުނުކޮށް، ފުލްޓައިމްކޮށް ތިބޭނީ، ކައުންސިލުގެ ރައީސް އާއި ނައިބު ރައީސްގެ ގޮތުގައި ކަނޑައަޅައި، އިންތިހާބުގައި ފުލް ޓައިމް މަގާމަކަށް އިންތިހާބުކުރާނީ ކައުންސިލުގެ ރައީސްގެ މަގާމަށާއި، ކައުންސިލުގެ ނައިބު ރައީސްގެ މަގާމަށް ނަގާ ދެ މީހުން ކަމަށް ކަނޑައަޅައި، ދެން މިހާރު ވެސް ތިބޭ އަދަދަށް ހަމަ ކައުންސިލަރުން އިންތިހާބު ކުރާނީ. ނަމަވެސް އެއީ ކޮންމެ ޖަލްސާއަކަށް ވަކި އެލަވެންސެއް ލިބޭ ގޮތަށް، ސިޓިންއަށް އެލަވެންސްދޭ ގޮތަށް، ރާއްޖެ ނޫން އެހެން ގައުމުތައް، ތަރައްގީވެފަ އޮންނަ އެހެން ގައުމުތަކުގައި އަމަލުކުރާ ގޮތް އެއީ، - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ވިދާޅުވި ގޮތުގައި، އެފަދައިން އަމަލުކުރުމުން ރައްޔިތުންގެ ޑިމޮކްރެޓިކް ރެޕްރެޒެންޓޭޝަނަށް ވެސް އެކަމުގެ ސަބަބުން އަސަރެއް ނުކުރާނެއެވެ. އެއީ އެގޮތުގެ ސަބަބުން ކައުންސިލަރުން ހޮވާ އަދަދަށް ބަދަލެއް ނާންނާތީކަން ރައީސް ފާހަގަކުރެއްވިއެވެ.
މިހެން ހެދީމާ ވަރަށް ބޮޑުތަނުން ހިންގުމުގެ ޚަރަދު ކުޑަވޭ، ޑިމޮކްރެޓިކް ރްޕެރެޒެންޓޭޝަން ނުވަތަ ކައުންސިލަރުން ހޮވާ އަދަދަކަށް ބަދަލެއް ނާދޭ، - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ކައުންސިލަރުންގެ އަދަދާ ގުޅޭ ގޮތުން ރައީސް ޚިޔާލު ފާޅުކުރައްވައި ވާހަކަފުޅު ދައްކަވައިފައިވަނީ، ޕީއެންސީގެ ޖަގަހަ ޖަލްސާއެއްގެ މީގެ ކުރިން ރައީސް ދެއްކެވި ވާހަކަފުޅާ ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. އެގޮތުން އޭރު ރައީސް ވިދާޅުވީ، ކައުންސިލްތައް މިހާރު އޮތީ ނުކަތާހާ ބޮޑުކޮށް ކަމަށާއި ސައިޒު ކުޑަ ކުރުމަކީ ރައްޔިތުން ތަމްސީލު ކުރާ ކުރުން ނެތިކޮށްލުން ނޫންކަމަށެވެ.
އަދި ހާހެއް ނުވަތަ ދެހާހެއްހާ މީހުންގެ އާބާދީއަކަށް ކައުންސިލަރުންގެ ގޮތުގައި ފަހެއް ނުވަތަ ހަ މީހުން އިންތިހާބު ކުރުމަކީ ވަރަށް ހަރަދު ބޮޑު ކަމެއް ގޮތުގައި ފާހަގަކުރައްވަމުން ރައީސް އޭރު ވިދާޅުވި ގޮތުގައި އާބާދީ ކުދި ރަށްތަަކުގެ ކައުންސިލްތަކަށް ރައީސަކާއި ނައިބު ރައީސަކު ހުންނެވީމައި ފުދޭނެއެވެ.
އަދި އެކަންކަމަށް ބޭނުންވާ ގާނޫނީ އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވެސް ރައީސް އޭރު ވިދާޅުވެފައިވެއެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
10 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
9 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
9 މަސް ކުރިން