logo
ޚަބަރު

ކަނޑުހުޅުދޫއަށް ދިރުން: ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

އަޙްމަދު ޒަލީފް
8 ޖެނުއަރީ 2025 - 16:28
ކަނޑުހުޅުދޫއަށް ދިރުން: ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

ކަނޑުހުޅުދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފައްޓަވާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ގއ އަދި ގދ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ކަނޑުހުޅުދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. 

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓްގައި ސިއްހީ ދާއިރާއަށާއި ތައުލީމީ ދާއިރާއަށް އިސްކަންދޭނެކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން އެ ރަށުގެ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ހިދުމަތްދޭ ތަނަކަށް ބަދަލުކުރެއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިޔަށް ގެންދަވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އޭގެއިތުރުން ކަނޑުހުޅުދޫގެ ފުޓްސަލް ދަނޑުގައި ފެންސްޖެހުމުގެ އިތުރުން ފުޓްބޯޅަ ދަނޑު އެތްލެޓިކްސް އަށް ބޭނުންކުރެވޭގޮތަށް ބަދަލު ކުރައްވާނެކަމަށް ވެސް ވައުދުވެޑައިގެންނެވިއެވެ.

މީގެއިތުރުންވެސް އެ ރަށަށް ސަރުކާރުން ކޮށްދެއްވާނެ ކަންކަން ރައީސް ވަނީ އިޢުލާންކުރައްވާފައެވެ. އެގޮތުން ކަނޑުހުޅުދޫ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

އަދި އެރަށު ސްކޫލް ހޯލުގެ މަސައްކަތް ކުރިއަށް ނުގޮސް ލަސްވާ މައްސަލަ ވެސް ހައްލުކޮށްދެއްވައި ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމްކޮށްފިޚަބަރު | 2 ދުވަސް ކުރިންކަނޑުހުޅުދޫއަށް ދިރުން: ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ ޚަބަރު | 8 މަސް ކުރިން