logoEN
ޚަބަރު

ނައިބު ރައީސް, އުމަރު ނަސީރަށް: ދިވެހީންނަކީ ނާތަހުޒީބު ބައެއް ކަމަށް ބުނެ، ހަޖޫ ޖެހުން ލަދުވެތި

ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް -- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް -- ފޮޓޯ: ރައީސް އޮފީސް

ދިވެހިންނަކީ ނާތަހުޒިބު އަދި ޑިމޮކްރެސީއާ ދުރު ބައެއް ކަމަށް ބުނެ، ރައްޔިތުންނަށް ހަޖޫ ޖެހުމަކީ ދަށު ދަރަޖައިގެ ކަމެއް ކަމުގައި ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު، ރާއްޖޭގެ ނޫހަކަށް ދެއްވި އިންޓަވިއުގައި، ދިވެހިންނަކީ ހުކުރުން ފައިބައިގެން ގޮސް، ރަސްގެފާނު ބަދަލުކުރާ ބައެއްކަމުގައި ވިދާޅުވުމާ ގުޅިގެން، "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އުމަރު ވިދާޅުވި ގޮތުގައި، މަގުމަތިން ނަމަވެސް މި ވެރިކަން ބަދަލުކުރަން ޖެހިއްޖެ ނަމަ، ރައްޔިތުން އެކަން ނުކުރާނެ ކަމަށް ރައީސް މުޢިއްޒު ހީފުޅުކުރައްވައިގެން ނުވާނެ ކަމަށެވެ. އަދި އެފަދައިން ފާހަގަކުރައްވަމުން އުމަރު ވިދާޅުވި ގޮތުގައި، ދިވެހިންނަކީ ހުކުރުން ފައިބައިގެން ގުޅެކުޅޭ ފަސްގަނޑަށް ގޮސް، ރަސްގެފާނު ބަދަލުކުރާ ބައެކެވެ.

View post on Twitter

އެ ޕޯސްޓަށް އިޝާރަތްކުރައްވައި ނައިބު ރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒަކީ އަބަދުވެސް ބިނާކުރަނިވި ފާޑުކިޔުމަށް ޖާގަދެއްވާ ބޭފުޅެއްކަމަށާއި އަދި އެއީ ގައުމަށް އަދި ރައްޔިތުންނަށް ހިދުމަތެއް ކޮށްދެއްވަން ނުކުމެވަޑަންނަވާ ކޮންމެ ވެރިއެއް ނުވަތަ ސިޔާސީ ބޭފުޅެއްގެ ކިބައިގައި ހުންނަންވާނެ ސިފައެެއް ކަމަށެވެ.

އަދި ދިވެހިންނަކީ ދިވެހިންނަކީ ނާތަހުޒިބު ބައެއް ކަމުގައި ބުނެ، ދިވެހި ރައްޔިތުންނަށް ހަޖޫ ޖެހުމަކީ ދަށު ދަރަޖައިގެ ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ކޮމެންޓް

871x217_placeholder