logoEN
ޚަބަރު

ސްޕޯޓްސް ފިޝިން ކަނދުފަތިތައް ކައިރީގައި ދޮށީގެ މަސްވެރިކަން ކުރެވޭ ގޮތް ހަދައިފި

ސުދާ ލަތީފްސުދާ ލަތީފް

21 ޖެނުއަރީ 2025 - 05:44

ސްޕޯޓްސް ފިޝިން ކަނދުފަތިތައް ކައިރީގައި ދޮށީގެ މަސްވެރިކަން ކުރެވޭ ގޮތް ހަދައިފިއެވެ.

ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި،ބެލެހެއްޓުމާ ގުޅޭ ގަވާއިދާ ބެހޭ އާންމު ޤަވާއިދު އިސްލާހުކޮށްފިއެވެ. މި އިސްލާހު ގެނެސްފައިވަނީ އެ ޤަވާއިދަށް ގެނެވުނު ދެވަނަ އިސްލާހުގެ ދަށުންނެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދައި ޢަމަލުކުރަންފެށި މަސްވެރިކަމުގެ އާންމު ޤަވާއިދަކީ 2020 ވަނަ އަހަރު ހެދި ޤަވާއިދެކެވެމި ޤަވާއިދަށް މިހާތަނަށް 2 އިސްލާހެއް ގެނެސްފައިވާއިރު، މި ޤަވާއިދުގެ ދަށުން ރާއްޖޭގެ މަސްވެރިކަމުގެ ހަރަކާތްތައް ހިންގޭނެ ގޮތްތަކާއި، މި ހަރަކާތްތައް ހިންގުމުގެ ތެރޭގައި ޤަވާއިދާއި ޚިލާފު ކަންކަން ވަނީ ބަޔާންކޮށްފައެވެ.މި ޤަވާއިދަށް އެންމެ ފަހު ގެނެވުނު އިސްލާހުތަކުގެ ތެރެއިން މަސްވެރިކަމުގެ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅާފައިވާ ކަނދުފަތިތައް ކައިރީ ހިނގޭނެ ހަރަކާތްތަކަށް ވަނީ ބަދަލު ގެނެސްފައެވެ. ނަމަވެސް ޤަވާއިދަށް މިހާރު ގެނެސްފައިވާ އިސްލާހުން ޤަވާއިދުން އެބައި ވަނީ އުނިކޮށްފައެވެ. މިއާޢެކު މިހާރު ވަދުކަނދުފަތިތައް ކައިރީވެސް ދޮށީގެ މަސްވެރިކަން ކުރެވޭނެ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ޤަވާއިދަށް ގެނައި ދެވަނަ އިސްލާހުގައި، މި ޤަވާއިދުގެ ތެރޭގައި މީގެކުރިން މަސްވެރިންގެ ދަފްތަރެއް ހަދައި ބަލަހައްޓަން ޖެހޭ ގޮތަށް އޮތް ބައިވެސް ވަނީ އުނިކޮށްފައެވެ. މިކަމާއި ގުޅޭގޮތުން މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، އެ ބައި މަސްވެރިކަމުގެ އާންމު ޤަވާއިދުން އުނިކުރީ، މަސްވެރިންގެ ދަފްތަރުގެ މަސައްކަތް އެހެން ޤަވާއިދެއް ތެރެއިން ކުރަމުންދާތީ ކަމަށެވެ.

ކޮމެންޓް

871x217_placeholder