logo
Bank of Maldives

Bank of Maldives

ޚަބަރު

ޖުލައި މަސް ނިމުމުގެ ކުރިން ރ. އަދި ބ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފަށާނެ: ރައީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރ. އުނގޫފާރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރ. އުނގޫފާރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި އަދި ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯރޓް ލިންކް (އާރްޓީއެލް)ގެ ޚިދުމަތް ފައްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މި ފަދައިން ވިދާޅުވީ، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އުނގޫފާރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ރައީސް ވިދާޅުވީ، އަރްޓީއެލްގެ ޚިދުމަތަކީ އަދި ބައެއް އަތޮޅުތަކުގައި ގާއިމްކުރެވިފައި ނުވާ ޚިދުމަތަކަށް ވީ ނަމަވެސް، އެ ޚިދުމަތަކީ މާޅޮސްމަޑުލު އުތުރުބުރީގެ ތަރައްޤީގައި ދަތުރުފަތުރުގެ ނިޒާމަށް ވަރަށް މުހިންމު ޚިދުމަތެއް ކަމަށެވެ. އެހެންކަމުން އާރްޓީއެލްގެ ޚިދުމަތް، ދެން އެންމެ އަވަހަށް ގާއިމްކުރެވޭނެ އަތޮޅަކީ ރ.އަތޮޅު ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

އާރް.ޓީ.އެލްގެ ހިދުމަތަކީ ބައެއް އަތޮޅުތަކުގައި އަދި ނުދެވޭ ހިދުމަތެއް. އަޅުނގަޑު ކަނޑައަޅާފައި އޮންނާނެ މި އަހަރު ނިމުމުގެ ކުރީގައި މިގޮތަށް ހިދުމަތް ނުދެވިހުރި ހުރިހާ އަތޮޅެއްގަ އިރާދަ ކުރެއްވިއްޔާ އާރްޓީއެލްގެ ހިދުމަތް އަޅުގަނޑުމެން ފަށާނަމޭ. އެގޮތުން ދެން އެންމެ އަވަހަށް މި ހިދުމަތް ޤާއިމް ވެގެންދާނެ އަތުޅަކީ މި އަތޮޅު ކަމައް އަޅުގަނޑު ދަންނަވާލަން. މި އަތޮޅާ އެކީގަ ބ. އަތޮޅު ވެސް ހިމެނޭހެން ރ. އަތޮޅުގަ މި އަހަރުގެ ޖޫން މަހުގަ މިއަތޮޅުގައި އަދި ބ. އަތޮޅުގަ ޖުލައި މަހުގައި މި އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިީގައި ދެ އަތޮޅުގަ އާރްޓީއެލްގެ މަސައްކަތް ފެށޭނެކަން ދަންނަވާލަން ،- ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

އުނގޫފާރުގައި ރައީސް ދެއްކެވި ވާހަކަފަޅުގައި ވަނީ، އެ ރަށުގެ ތަރައްގީއާ ގުޅޭ މުހިންމު ވާހަކަތަކެއް ވެސް ހިއްސާކުރައްވާފައެވެ. އެގޮތުން އެ ރަށުގައި 500 ހައުސިން ޔުނިޓު އަޅުއްވައި، ފުރިހަމަ އާބަން ސެންޓަރެއް އެ ރަށުގައި ގާއިމްކޮށްދެއްވާނެ ކަމުގައި ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ވަޒީރުންނާއި ސަރުކާރުގެ މަތީ ފަންތީގެ އޮފިޝަލުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުފުޅު ނިންމަވާލައްވައި، ރައީސް މާލެ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިލުފުށީގައި އެމްއެންޔޫ ކެމްޕަހެއް ޤާއިމްކުރަނީޚަބަރު | 8 ގަޑިއިރު ކުރިންވިލިފުށީ އެއާޕޯޓުގެ މަސައްކަތް މާދަމާ ފަށައި، ދެ އަހަރާއި ބައިގެ ތެރޭގައި ނިންމާ ހުޅުވާނަން: ރައީސްޚަބަރު | 9 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ، ކޮޅުފުށީ ޣާޒީ މިސްކިތަށް ޒިޔާރަތްކުރައްވައިފިޚަބަރު | 9 ގަޑިއިރު ކުރިންއުންމަތުގެ ދިފާޢުގައި އިސްނަގާ ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ: ރައީސްޚަބަރު | 10 ގަޑިއިރު ކުރިން