logo
E-Platinum
ޚަބަރު

މާކުރަތު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފި

އަޙްމަދު ޒަލީފް
23 ޖެނުއަރީ 2025 - 12:22
މާކުރަތު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފި

ރ.މާކުރަތުގައި ޤާއިމުކުރާ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފިއެވެ.

ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢުއެވެ. މިއީ ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފައްޓަވާފައިވާ މަޝްރޫޢުއެކެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން ރ. މާކުރަތު ކައުންސިލު އިދާރާގެ އައު އިމާރާތުގެ ބިންގާވެސް ވަނީ އަޅާފައެވެ. ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު އާދަމް ޝަރީފްއެވެ. މާކުރަތު ކައުންސިލްގެ އައު އިމާރާތަކީ މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރާ ކައުންސިލް އިމާރާތެކެވެ.

މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ ހެކްސްޓަރ ގްލޯބަލްއާ ހަވާލުކޮށްގެން އެންމެ ދަށްކޮށްހުރި ކައުންސިލް އިމާރާތްތަކުގެ ތެރެއިން 55 ކައުންސިލްއެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. މި 55 ކައުންސިލްގެ އިމާރާތް ކުރުމުގެ މަސައްކަތުގެ ދަށުން މާކުރަތު ހިމެނޭހެން މިހާތަނަށް 5 ރަށެއްގައި ވަނީ ބިންގާ އަޅާފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިލާތިބެގެން މަސްތުވާތަކެތީގެ ވިޔަފާރި ނުކުރެވޭނެ: ވަޒީރު އިހުސާން ޚަބަރު | 3 މަސް ކުރިންމޯލްޑިވްސް 2.0ގެ ބޭނުމަކީ އީވޯޓިންއަށް ދިއުމެއް ނޫން: އިހުސާންޚަބަރު | 3 މަސް ކުރިންވާނުވާ ބަންދުގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ރައީސް މަޝްވަރާކުރައްވައިފިޚަބަރު | 3 މަސް ކުރިންމި ދައުރު ތެރޭގައި ޑީއެންއާރްގެ ޑާޓާބޭސް ކޮމްޕްރޮމައިޒްވެފައެއް ނޯނާނެ: އިޙްސާންޚަބަރު | 3 މަސް ކުރިން