logo
ޚަބަރު

ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސް މަސައްކަތްޕުޅުތަކެއް ކުރައްވާ: ވަޒީރު އިޙުސާން

ޢައްފާން މުޙައްމަދު
31 އޯގަސްޓު 2025 - 04:19
40 ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށް ވަޒީރު އިޙްސާން އެކަމުގެ ފިލާ ހަވާޅުކޮށްދެއްވަނީ
40 ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށް ވަޒީރު އިޙްސާން އެކަމުގެ ފިލާ ހަވާޅުކޮށްދެއްވަނީ

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ތަރުތީބުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާޑރ. މުޙައްމަދު މުއިއްޒު ވަރަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، 40 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

40 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ފުލުހުންގެ ޚިދުމަތަކީ ހިތްވަރާއި ކެރުމާއި، ޤައުމަށް ލޯތްބެއް އޮވެގެން އަދި ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ އާދަޔާ ޚިލާފު ވިސްނުމެއް ހުރެގެން މެނުވީ ކުރެވޭނެކަމެއް ނޫންކަމަށެވެ. މިކަން ކުރުމަށްޓަކައި ތަމްރީން ފުރިހަމަކޮށް ނިކުތް ހުރިހައި ފުލުހުންނަށް ވަޒީރު އިޙްސާން ވަނީ މަރުހަބާ ދަންނަވާފައެވެ.

ފުލުހުންގެ ޚިދުމަތަކީ ޤައުމެއް ކުރިއަށްދިއުމަށް އެ ޤައުމެއްގައި އޮންނަންޖެހޭ މުހިންމު އަސާސްތަކެއް ހިފަހައްޓާ ޚިދުމަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަމާއި ޤައުމެއްގައި އޮންނަންޖެހޭ ހަމަޖެހުން ހިފެހެއްޓުމުގެ ފުރިހަމަ ޒިންމާ މިއޮންނަނީ ފުލުހުންގެ ބޮލުގައި އެޅިފައިކަމަށް ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ތަރުތީބުކުރުމަށްޓަކައި ދިވެހިރާއްޖޭގެ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާރު ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން ދިވެހި ފުލުހުންގެ ޚިދުމަތް ފިޒިކަލީ އެތަނެއްގައި ގާއިމްވެގެން ފުރިހަމައަށް ދެވޭނެގޮތައް ހިންގަމުން މިދާ ޕްރޮޖެކްޓަކީ އޭގެ އެއް ނަމޫނާކަމަށް ވިދާޅުވިއެވެ.

ދިވެހި ފުލުހުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ރަނގަޅު ގޮތުގައި ބޮޑު ބިޔަ ޕްރޮޖެކްޓެއް މިވަގުތު ރާއްޖޭގައި ހިނގަމުން އެބަދޭ. 100 އަށްވުރެ ގިނަ ރަށަށް ކޮމިޓްމަންޓްދެވި ޕްރޮޖެކްޓްގެ މަސައްކަތްތައް އެކި ހިސާބުތަކުގައި މިވަނީ. މި ހުރިހައި ކަމެއް އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން އެ ގެންދަވަނީ ދިވެހި ރައްޔިތުންނަށް އެންމެ އެދެވޭފަދަ ޚިދުމަތެއް ތިޔަ ފުލުހުންގެ ފަރާތުން ހޯދައިދިނުމަށް - ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން
Ad by Hajj Corporation

Ad by Hajj Corporation

ފުލުހުންގެ ޚިދުމަތަކީ ޤައުމެއް ކުރިއަށްދިއުމަށް މުހިންމު އަސާސްތަކެއް ހިފަހައްޓާ މުވައްސަސާއެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. އަދި ފުލުހުން ލޯތްބާއި އިހްތިރާމާއިއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ ގޮވާލައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސް މަސައްކަތްޕުޅުތަކެއް ކުރައްވާ: ވަޒީރު އިޙުސާންޚަބަރު | 5 ދުވަސް ކުރިންރިސޯޓެއްގައި ނިޔާވި ދިވެހި ޒުވާނެއްގެ ހަށިގަނޑު އޮޓޮޕްސީ ހަދަނީޚަބަރު | 6 ދުވަސް ކުރިންކުމުންދޫގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްފި ޚަބަރު | 8 ދުވަސް ކުރިންސްކޭމް ހިންގަމުން ދިޔަ މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޚަބަރު | 11 ދުވަސް ކުރިން