logo
Bank of Maldives

Bank of Maldives

ޚަބަރު

އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހީގައި ރަށްރަށުގެ ދަނޑުތަކުގައި ފިލައިގެން އުޅޭ ބިދޭސީން ހޯދުމަށް އިސްކަންދެނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
13 މޭ 2026 - 14:27
އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހީގައި ރަށްރަށުގެ ދަނޑުތަކުގައި ފިލައިގެން އުޅޭ ބިދޭސީން ހޯދުމަށް އިސްކަންދެނީ

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ "އޮޕަރޭޝަން ކުރަނގި"ގެ ތިންވަނަ ފިޔަވަހީގެ ދަށުން، ރަށްރަށުގެ ދަނޑުތަކުގައި ފިލައިގެން އުޅޭ ބިދޭސީން ހޯދުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މި މަހުގެ 9 ވަނަ ދުވަހު ފެށި މި ފިޔަވަހީގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފިލައިގެން އުޅޭ މީހުން ދެނެގަނެ، ގާނޫނީ ފިޔަވަޅު އެޅުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ބަޔޯމެޓްރިކްސް ނުނެގި ތިބި 4,040 ބިދޭސީން މުޅި ރާއްޖޭގައި އަތްފުނާ އަޅައިގެން ހޯދުމަށް ވަނީ ނިންމާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، މި މީހުން ހޯދުމަށްފަހު އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ އިތުރުން، ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންނާއި، ކަންމަތީ ފިހާރަތަކާއި މާރުކޭޓު ގޮޅިތައް ހިންގާ ބިދޭސީން ހޯދުމަށްވެސް ހާއްސަ ސަމާލުކަމެއް ދޭނެއެވެ.

މި މަސައްކަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، މި ސަރުކާރު ހަވާލުވިއިރު ގަވައިދާ އެއްގޮތަށް ތިބީ އެންމެ 20 އިންސައްތަ ބިދޭސީން ކަމަށާއި، ނަމަވެސް މިހާރު އެ އަދަދު 63 އިންސައްތައަށް އިތުރުކުރެވިފައިވާ ކަމަށެވެ. އަދި އެކްޓިވް ވޯކްޕާމިޓްގައި ތިބި މީހުންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް މިހާރު ވަނީ ނިމިފައެވެ. "މި އަދަދު 17 ނޮވެމްބަރު 2023 ގައި ހުރީ އެންމެ 13 އިން ސައްތައިގައި،" ރައީސް ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތަކީ ބާކީ ތިބި މީހުން ހޯދައި ރާއްޖެއިން ޑިޕޯޓުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. މި އޮޕަރޭޝަންގެ ސަބަބުން، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި އެމީހުންނަކީ ކޮބައިކަން ނޭނގޭ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދުތައް

މި އޮޕަރޭޝަންގެ މައިގަނޑު ތިން މަޤްޞަދެއް ވަނީ ކަނޑައަޅާފައެވެ. އެއީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް މައުލޫމާތު ނެގުމާއި، ހުއްދަ އޮތް ވިސާއެއްގައި ހުރެ ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ މީހުން ހޯދައި ޑިޕޯޓްކުރުމުގެ އިތުރުން، އެއްވެސް ސައްޚަ ލިޔެކިޔުމެއް ނެތް މީހުން ހޯދައި ރާއްޖެއިން ބޭރުކުރުމެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހީގައި ރަށްރަށުގެ ދަނޑުތަކުގައި ފިލައިގެން އުޅޭ ބިދޭސީން ހޯދުމަށް އިސްކަންދެނީޚަބަރު | 27 މިނިޓު ކުރިންއޮޕަރޭޝަން ކުރަނގި އަކީ ބިދޭސީންނަށް ދޭ އަދަބެއް ނޫން، ބޭނުމަކީ ހައްގުތައް ހިމާޔަތްކުރުން: ރައީސްޚަބަރު | 2 ދުވަސް ކުރިންރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް ފުރިހަމަކޮށްފިޚަބަރު | 4 ދުވަސް ކުރިންބުލީ ހުއްޓުވުމަށް ހަރުކަށި ޖިނާއީ ފިޔަވަޅުތައް އަޅަން އޭޖީއާއެކު މަސައްކަތް ފަށައިފިޚަބަރު | 20 ދުވަސް ކުރިން