logo
MPL

MPL

ޚަބަރު

ޤައިދީން އިސްލާހުކުރުމަކީ ތަމްރީންވެގެން ނިކުންނަ އޮފިސަރުންގެ ވެސް ޒިންމާއެއް: ވަޒީރު އިހްސާން

އައިޝަތު ނަޝާ
9 އޮކްޓޯބަރު 2026 - 13:21
ޤައިދީން އިސްލާހުކުރުމަކީ ތަމްރީންވެގެން ނިކުންނަ އޮފިސަރުންގެ ވެސް ޒިންމާއެއް: ވަޒީރު އިހްސާން

ޖަލުގައި ތިބޭ ޤައިދީން އިސްލާހުކޮށް، މުުޖުތަމަޢު ބަލައިގަންނާނެ ފަދަ ފަރުދަކަށް އެ މީހުން ހެދުމަކީ ތަމްރީންވެގެން ނިކުންނަ އޮފިސަރުންގެ ވެސް ޒިންމާއެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކުރިއަށްގެންދިޔަ "ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ" ޕްރޮގްރަމްގެ ތިންވަނަ ބެޗް ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ޕްރިޒަން އޮފިސަރުންނަކީ ދިވެހި ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަމުގެ ވިއުގައިގައި ވަރަށް ވަރުގަދަ ޒިންމާތަކަކާއި ޤައުމީ ވާޖިބުތަކެއް ކޮނޑުގައި އެޅިފައިވާ އޮފިސަރުންތަކެއް ކަމަށެވެ.

ކުށްކުރާ މީހާ ކޯޓު މަރުހަލާއަށްފަހު ޖަލަށްލާ، ޖަލުން ނިކުމެ އަނބުރާ މުޖްތަމަޢުއަށް ދިއުމާ ދެމެދު އެމީހުންނާ ޙަވާލުވެ އެ މުއްދަތުގައި ހުންނަނީ އޮފިސަރުން ކަމަށާއި، ސަލާމަލާތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ އިތުރުން ޖަލުގައި ތިބޭ ފަރާތްތަކަށް ޚިދުމަތްތައް ފޯރުކޮށްދީ، އެފަރާތްތައް އިސްލާހުކޮށް، މުޖްތަމަޢު ބަލައިގަންނާނެ ފަދަ ފަރުދަކަށް ހެދުމަކީ ކަރެކްޝަންސްގެ ޒިންމާއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮންމެ އޮފިސަރެއްގެ އެންމެ އަސާސީ ކަމަކީ އަޚްލާގުކަން ފާހަގަކުރައްވާ ވަޒީރު ވަނީ ތަމްރީނުން ދަސްވި ދީނީ ކަންކަމާއި އަދި މުޖްތަމަޢުގެ ތެރެއިން ދަސްކުރާ ރަނގަޅު ހުލްގު ދެމެހެއްޓުމަށްވެސް އެދިވަޑައިގެންފައެވެ.

"އެ އަޚްލާގުގެ ތެރޭގައި އެންމެ މުހިންމު އެއް ކަމަކީ ނުގުޑާފަދަ އަޒުމެއްގައި އޮންނަ އެ މީހާގެ އިންޓެގްރިޓީ. ކަރެކްޝަނަލް ސަރވިސްގެ އޮފިސަރެއްގެ އިންޓެގްރިޓީއާ ދޭތެރޭ ޝައްކު އުފެދޭ ހާލަތެއް އައިސްފިކަމަށް ވާނަމަ އެއީ ޚިދުމަތުގަ އެމީހާ ފެއިލްވާ ހިސާބު." ވަޒީރު

އަދި އިންޓެގްރިޓީ ފެއިލްވުމުން ޚިދުމަތުގަ އެ އޮފިސަރަކު ނުބަހައްޓާނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކޮންމެ އޮފިސަރަކުވެސް މަސައްކަތް ކުރަންވާނީ ޤާނޫނު ތަންފީޒު ކުރުމުގަ އާއި ޑިއުޓީ އަދާކުރުމުގަ ތެދުވެރިކަމާއެކީގައި ކަމަށެވެ.

އަމިއްލަ ނަފްސަށާއި ދީނަށް ތެދުވެރިވެ، އަދި ކޮންމެ މީހަކު ކޮންމެ ހުށަހެޅުމެއް ހުށަހެޅިޔަސް އިންޓެގްރިޓީ ދެމެހެއްޓުމަށް ނުގުޑާފަދަ އަޒުމު ކަނޑައަޅައި ދެމެހެއްޓުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައިދީން އިސްލާހުކުރުމަކީ ތަމްރީންވެގެން ނިކުންނަ އޮފިސަރުންގެ ވެސް ޒިންމާއެއް: ވަޒީރު އިހްސާންޚަބަރު | 2 ގަޑިއިރު ކުރިންމޯލްޑިވްސް 2.0ގެ ބޭނުމަކީ ޑިޖިޓަލް ގައުމެއް ބިނާކުރުން: އިޙްސާންޚަބަރު | 3 މަސް ކުރިންއޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހީގައި ރަށްރަށުގެ ދަނޑުތަކުގައި ފިލައިގެން އުޅޭ ބިދޭސީން ހޯދުމަށް އިސްކަންދެނީޚަބަރު | 5 މަސް ކުރިންބުލީ ހުއްޓުވުމަށް ހަރުކަށި ޖިނާއީ ފިޔަވަޅުތައް އަޅަން އޭޖީއާއެކު މަސައްކަތް ފަށައިފިޚަބަރު | 6 މަސް ކުރިން