މޯލްޑިވްސް 2.0ގެ ބޭނުމަކީ ޑިޖިޓަލް ގައުމެއް ބިނާކުރުން: އިޙްސާން
22 ޖުލައި 2026 - 11:35
.webp&w=3840&q=75)
މޯލްޑިވްސް 2.0ގެ އެއް އަމާޒަކީ އެއްވެސް ރައްޔިތަކަށް ލިބޭ ފުރުޞަތެއް އެމީހަކު ދިރިއުޅޭ ރަށެއްގެ ސަބަބުން ހަނިނުވާނެ ފަދަ "ޑިޖިޓަލް ފަސްޓް" ޤައުމެއް ބިނާކުރުން ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.
"މޯލްޑިވްސް 2.0" މަގުޗާޓު ތަންފީޛުކުރުމުގަ އަދި މަގުޗާޓުގައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރިއަށްގެންދާ "ޑިޖިޓަލް ފޯރ އޯލް" ކެމްޕޭން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މޯލްޑިވްސް 2.0ގެ ތަޞައްވުރު ޙަޤީޤަތަކަށް ހެދޭނީ ރައްޔިތުންނަށް ފުރިހަމަ އިތުބާރާއެކު އޭ.އައި ފަދަ ފަހުގެ ޓެކްނޮލޮޖީތަކަށް އަހުލުވެރިވެ، މި މަޝްރޫޢުގެ ދަށުން ޤާއިމުކުރުވިގެންދާ ޑިޖިޓަލް އެކޯސިސްޓަމްގެ ތެރޭގައި ދާންވީ މިސްރާބު އެނގިގެން ކަމަށެވެ.

Ad by Hajj Corporation
އެހެންކަމުން، "ޑިޖިޓަލް ފޯރ އޯލް" ވެގެންދާނީ ހަމައެކަނި ކެމްޕޭނަކަށް ނޫންކަމަށާއި،މިއީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވާސިލުވާނެ، ޤައުމީ ފެންވަރުގެ ޤާބިލުކަން ބިނާކުރުމުގެ ބޮޑު ޙަރަކާތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ބިޔަ ޤައުމީ މަޝްރޫޢުގައި ދައުލަތުގެ މުއައްސަސާތަކާއި، ކުންފުނިތަކާއި، ޕްރައިވެޓް ސެކްޓަރ އާއި ކައުންސިލްތަކާއި، އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ޖަމިއްޔާތަކާއި، އިސްރަށްވެހިގެން ކަންކަން ބަލަހައްޓާ ޖަމްޢިއްޔާތަކާއި، ބޭރުގެ އެހީދޭ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އެހީތެރިކަމާއި، ބައިވެރިވުން ފޯރުކޮށް ދިނުމަށް ވަޒީރު އެދިލެއްވިއެވެ.
"ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ކޮންމެ ދާއިރާއަކަށްވެސް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައި. ކޮންމެ ވިޔަފާރިއެއް ޑިޖިޓަލް ވިޔަފާރިއަކަށް ވަމުންދާތަން ނުވަތަ ވިޔަފާރި ހިންގުމުގައި ޓެކްނޮލޮޖީ އިންތިހާއަށް ބޭނުންކުރާ މިންވަރު އިތުރުވަމުންދާތަން އަޅުގަނޑުމެންނަށް ފެންނަމުން އެބަދޭ. މުޅި ދައުލަތުގެ ހިންގުންވެސް އަދި ޚިދުމަތް ދިނުމުގެ އޮނިގަނޑުވެސް މިދަނީ ޑިޖިޓަލްވަމުން" ވަޒީރު އިހްސާން
"މޯލްޑިވްސް 2.0" މަގުޗާޓު ތަންފީޛުކުރުމުގަ އަދި މަގުޗާޓުގައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިއަދަކީ ވަރަށް މުހިއްމު ޤައުމީ ކެމްޕެއިނެއް ފަށްޓަވާ ދުވަހެއްކަން ފާހަގަކުރައްވާ ވަޒީރު ވަނީ މިއަދަކީ އެންމެންގެ ބައިވެރިވުން ޔަޤީންކުރެވޭ ޑިޖިޓަލް އިޤްތިސާދަކަށް ރާއްޖެ ބައްޓަންކުރުމަށްޓަކައި ބޭނުންވާ އިންސާނީ ރައުސްމާލު އުފެއްދުމަށް ޤައުމީ ފެންވަރުގައި މުހިއްމު މަސައްކަތްތަކެއް ސަރުކާރުގެ މުއައްސަސާތަކާއި މި ކަމުގައި ސަރުކާރަށް އެހީވެދޭ ފަރާތްތައް ގުޅިގެން ފެށުމުގެ އުއްމީދީ ހަރަކާތް ރަސްމީކޮށް އިފްތިތާޙުކުރެވިގެންދާ ދުވަސް ކަމަށް ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ މި ކެމްޕެއިންގ އާއެކީ މި ފެށިގެންދަނީ، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް، އަދި އިޤްތިސާދު ބިނާކުރުމަށް ޤާއިމުކޮށްފައިވާ އަދި ކުރިމަގަށް ރާވާފައިވާ ޤައުމީ ޑިޖިޓަލް ނިޒާމުތަކާއި އުމްރާނީ އިންވެސްޓްމެންޓްތައް މެދުވެރިކޮށް އިޤްތިސާދީ އަދި އިޖްތިމާޢީ ނަފާ ހޯދުމަށް ޑިޖިޓަލް ރޮގުން ލޯހުޅުވިފައި ތިބި ހުނަރުވެރި، ޒިންމާދާރު އަދި އުފެއްދުންތެރި ރައްޔިތުން ބިނާކުރުމުގެ މަސައްކަތް ކަމަށެވެ.


