logo
Bank of Maldives

Bank of Maldives

ޚަބަރު

ިޮސްކޭމްކޮށްގެން ބައި ލައްކަ ރުފިޔާ ހޯދި މީހަކު ހައްޔަރުކޮށްފި

މަރިޔަމް މާޙީ
6 މޭ 2026 - 05:36
ިޮސްކޭމްކޮށްގެން ބައި ލައްކަ ރުފިޔާ ހޯދި މީހަކު ހައްޔަރުކޮށްފި

ވައިބަރ މެދުވެރިކޮށް ފޮނުވި ލިންކެއް ބޭނުންކޮށްގެން މީހެއްގެ ބެންކު އެކައުންޓުން މަކަރާއި ހީލަތުން 50,000 ރުފިޔާ ނެގި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މާލެ، މ. އޮމެގާ، މޫސާ މުޙައްމަދު (38އ) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ މި ހިނގާ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ފުލުހުން ބުނީ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ކަމަށެވެ. އެގޮތުން، މޫސާ މުޙައްމަދު ވަނީ ފޭސްބުކް މެސެންޖަރ މެދުވެރިކޮށް އަނިޔާ ލިބުނު ފަރާތާ ގުޅުން އުފައްދާފައެވެ. އެއަށްފަހު، ވައިބަރ މެދުވެރިކޮށް އޭނާ ފޮނުވި ލިންކަކަށް އެ މީހާ ފިތައިލުމާއެކު، އެ މީހާގެ ފޯނު ރީސެޓުވެ، ބެންކު އެކައުންޓުގައި ހުރި 50,000 ރުފިޔާ ވަނީ ކެނޑިފައެވެ. ފުލުހުން ބުނި ގޮތުގައި އެ ފައިސާ ޖަމާވެފައި ވަނީ ސީދާ މޫސާ މުޙައްމަދުގެ ނަމުގައި އޮންނަ ބެންކު އެކައުންޓަށެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މިފަދަ ސްކޭމްތަކަކީ މިހާރަކަށް އައިސް ރާއްޖޭގައި އިތުރުވަމުންދާ ކަމެއްކަން ފާހަގަކުރެވެއެވެ.

ނުދަންނަ ފަރާތްތަކުން ފޮނުވާ ޝައްކު އުފެދޭ ފަދަ ލިންކުތަކަށް ނުފިތުމަށާއި، އަމިއްލަ މައުލޫމާތާއި ބެންކިންގ ތަފްސީލުތައް އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އާންމުންނަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ިޮސްކޭމްކޮށްގެން ބައި ލައްކަ ރުފިޔާ ހޯދި މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންއެންމެ ބޮޑު އެއް ގޮންޖެހުމަކީ ސްކޭމްގެ މައްސަލަ ރިޕޯޓުކުރުން ލަސްކުރުން: ފުލުހުންޚަބަރު | މަހެއް ކުރިން"ރިޕެއާ ސްކޭމް" އަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިޚަބަރު | މަހެއް ކުރިންސްކޭމްގެ 55 މައްސަލައެއް މިމަހު ހުށަހަޅާފައިވޭ ޚަބަރު | 2 މަސް ކުރިން