logo
Bank of Maldives

Bank of Maldives

ޚަބަރު

އާންމު ރައްޔިތުންގެ ފަރާތުން ބިދޭސިންގެ މައްސަލަތަކުގައި ބޮޑެތި އެހީތަކެއް ލިބޭ: މުޖުތަބާ

ސުދާ ލަތީފް
24 ޖެނުއަރީ 2025 - 05:07
 ޗީފް އިމިގްރޭޝާން އޮފިސަރ އަހްމަދު މުޖްތަބާ
ޗީފް އިމިގްރޭޝާން އޮފިސަރ އަހްމަދު މުޖްތަބާ

އާންމު ރައްޔިތުންގެ ފަރާތުން ބިދޭސިންގެ މައްސަލަތަކުގައި ބޮޑެތި އެހީތަކެއް ލިބިގެންދާކަމަށް ޗީފް އިމިގްރޭޝާން އޮފިސަރ އަހްމަދު މުޖުތަބާ ވިދާޅުވެއްޖެއެވެ.

މުޖުތަބާ މިފަދައިން ވިދާޅުވީ މެންދުރު ޓީވީ ގެ މައުޟޫ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުޖުތަބާ ވިދާޅުވީ ބިދޭސިންގެ މައްސަލައަކީ ހުރިހާ ދިވެހިންނަށްވެސް ޖެހިފަ އޮތް ބޮޑު މައްސަލައެއް ކަމަށާއި އެ މައްސަލައަށް ހައްލެއް ހޯދަން ދިވެހިންވެސް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

"ބިދޭސިންގެ މައްސަލައަކީ ހަމަ ހުރިހާ ދިވެހިންނަށްވެސް ޖެހިފަ އޮތް ވަރަށް ބޮޑު އުނދަގުލެއް ކަހަލަ މައްސަލައެއް، ހަމަ ހަގީގަތަށްވެސް، ހައްލު ނުކުރެވި ދިޔަ މައްްސަލައަކަށް ވާތީ މި ކަމަށް މިދިޔަ އަހަރު އަޅުގަޑުމެން މި ފެށި އިޕަރޭޝަންތަކާއެކުގައި ދިވެހިން އަޅުގަނޑުމެންނަށް ގުޅާފަވެސް، އެހެނިހެން ގޮތްގޮތުންވެސް މައުލޫމާތު ދިނުމާއި އަޅުގަނޑުމެންނަށް ހިތްވަރު ދިނުމާއި އެކަހަލަ އެތައް ކަމެއް އެބަ ކުރައްވާ " -ޗީފް އިމިގްރޭޝާން އޮފިސަރ އަހްމަދު މުޖުތަބާ

މި ފެށުނު އޮޕަރޭޝާންތަކުގައި ދިވެހިންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށް ވެސް މުޖުތަބާ ވިދާޅުވިއެވެ.

މުޖުތަބާ ވިދާޅުވީ ދިވެހި ރައްޔިތުން އިމިގްރޭޝަނުން ކުރާ މަސައްކަތްތައް ގާތުން ބެލުން އެއީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އަދި ބިދޭސިން ގަވާއިދާ ހިލާފަށް އުޅޭ މައްސަލަތަކުގައި ބިދޭސީން ދިރިއުޅޭ ތަންްތަނުގެ މައުލޫމާމާތުތައް އާންމު ރައްޔިތުންގެ ފަރާތުން ލިބި އިމިގްރޭޝާނަށް ވަރަށް ބޮޑު ލުއިތަކެއް ރައްޔިތުން ގެ ފަރާތުން ލިބެމުން އަންނަކަމަށް މުޖުތަބާ ވިދާޅުވިއެވެ.

"އިމިގްރޭޝަން ވޮޗް" އަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 1000 އަށްވުރެ ގިނަ މައްސަލަ މިހާތަނަށް ބަލާފައިވާނޭ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަވާއިދާއި ހިލާފަށް ވިއުޅެމުންދިޔަ 6 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!ޚަބަރު | 14 ދުވަސް ކުރިން ކުށުގެވެށީގައި ހަރަކާތްތެރިވި 28 ބިދޭސީން އޯގަސްޓް މަހު ޑީޕޯޓުކުރި ޚަބަރު | 23 ދުވަސް ކުރިންހުއްދަ ދީފައި ނެތް މަސައްކަތްކުރާ ބިދޭސީން ފޮނުވާލަނީޚަބަރު | 24 ދުވަސް ކުރިންމ. އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިޚަބަރު | މަހެއް ކުރިން