ސައިކަލެއްގައި އިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި މީހުން ހައްޔަރުކޮށްފި

މި މައްސަލައިގައި ހައްޔަރު ކުރެވުނު ދެ މީހުން

25 ޖެނުއަރީ 2025 - 11:28
ރަތްވިލާމަގުން ދުއްވާފައިދިޔަ ސައިކަލެއްގައި އިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމަ ކޮށްލި މީހުން ހައްޔަރުކޮށްފިއެވެ.
މިދިޔަ ހަފްތާ ބުދަ ދުވަހުގެ ރޭގަނޑު 08:17 އެހައިކަންހާއިރު ހިނގި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ، މާލެ، ހ. ރޯޒެންޑޭލް، 29 އަހަރުގެ، ޞަފްވާން ޒުފްރަތު އާއި ށ. ފޭދޫ، އުދަރެސް، 34 އަހަރުގެ ޢަލީ ނާޝީދުއެވެ. މި ދެ މީހުންވެސް ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ޞަފްވާން ޒަފްރަތު ހައްޔަރުކޮށްފައިވަނީ މި ހަފްތާ ހޯމަ ދުވަހުގެ 21:19 އެހައިކަންހާއިރުއެވެ. އަދި ޢަލީ ނާޝިދު ހައްޔަރުކޮށްފއިވަނީ ޖެހިގެން އައި ދުވަހުގެ 01:09 އެހައިކަންހާއިރުއެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގޭންގް ކްރައިމް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުން ގެންދާކަމަށްވެސް ފުލހުން ބުންޏެވެ.
އިތުރު ލިޔުންތައް

ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭ އެއްވެސް ހެއްކެއް ވާނަމަ ފުލުހުންނާ ހިއްސާ ކުރައްވަން އަންގައިފި
4 މަސް ކުރިން
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 3 މީހަކު ހައްޔަރުކޮށްފި
3 މަސް ކުރިން
ބޯޓަކުން ފެނުނު މަސްތުވާތަކެއްޗާއެކު، މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
3 މަސް ކުރިން