logoEN
ޚަބަރު

ލޯންޗެއް އަޑިއަށް ގޮސް، ކަނޑުވި 48 މީހުން ސަލާމަތްކޮށްފި

މިއަދު ހެނދުނު 'ހުވަން' ލޯންޗު އަޑިއަށް ގޮސްފި؛ ފުލުހުން ވަނީ ލޯންޗުގައި ތިބި 48 މީހުން ސަލާމަތްކޮށްފަ--ފޮޓޯ: ފުލުހުން

މިއަދު ހެނދުނު 'ހުވަން' ލޯންޗު އަޑިއަށް ގޮސްފި؛ ފުލުހުން ވަނީ ލޯންޗުގައި ތިބި 48 މީހުން ސަލާމަތްކޮށްފަ--ފޮޓޯ: ފުލުހުން

ދިގުރަށުން ފުރައިގެން މާލެއަށް ދަތުރުކުރަމުން އައި ލޯންޗެއް އަޑިއަށް ގޮސް، ލޯންޗުގައި ތިބި 48 މީހުން ފުލުހުން ސަލާމަތްކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި 'ހުވަން' ލޯންޗު އަޑިއަށްދިޔަ ކަމުގެ ރިޕޯޓު މިއަދު ހެނދުނު 07:57 ގައި ލިބުމާއެކު ފުލުހުންގެ އިމަޖެންސީ ރެސްޕޮންސް ޓީމްތައް ވަނީ ވަގުތުން ފޮނުވާފައެވެ. އެގޮތުން ލޯންޗު އަޑިއަށް ގޮސް، ކަނޑުވި 45 ފަސިންޖަރުންނާއި، ތިން ފަޅުވެރިން ވަނީ ސަލާމަތްކޮށްފައިވާއިރު، ފަސިންޖަރުންގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނޭ ކަމަށްވެސް ފުލުހުން މައަުލޫމާތުދެއެވެ. އަދި ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިންގެ ހާލު ރަނގަޅު ކަމަށާއި، މިހާރު އެ ހުރިހާ ފަރާތްތަކެއް ދިގުރަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލުމާތުދެއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ ފުރިހަމަ ތަހުގީގެއް ކުރަމުންދާ ކަމަށް ފުލހުން ބުނެއެވެ. މިއާއެކު ފުލުހުން ވަނީ މި އޮޕަރޭޝަންގައި އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކާއި ރެސްކިއު ޓީމްތަކުން ދިން އަވަސް އިޖާބައަށް ތައުރީފުކޮށްފައެވެ.

ކޮމެންޓް

871x217_placeholder