logoEN
ޚަބަރު

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 3 މީހަކު ހައްޔަރުކޮށްފި

ފޮޓޯ:މޯލްޑިވްސް ޕޮލިސް ސާވިސް

ފޮޓޯ:މޯލްޑިވްސް ޕޮލިސް ސާވިސް

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި ހަފްތާގެ އަންގާރަ ދުވަހު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ހައްޔަރު ކޮށްފައިވަނީ ގއ. މާމެންދޫ، މޫނިމާގެ، 27 އަހަރުގެ ނަޒީހް ޝަރީފް އާއި، ޏ. ފުވައްމުލައް، ވައިގެ، އުމުރުން 31 އަހަރުގެ މުޙްސިން މުޙައްމަދު އަދި މާލެ، ދަފްތަރު ނަންބަރު ދރ.465، 40 އަހަރުގެ މުޙައްމަދު ޝާން ޢަބްދުލްޣަނީ އެވެ.

މި އޮޕަރޭޝަނުގައި މި ތިން މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު ވަގުތީ ބަރުދަނުގެ 98.37 ގުރާމުގެ މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

871x217_placeholder