ހޯރަފުށިން މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއެކު ހއ. ހޯރަފުށިން ފުލުހުން ހައްޔަރު ކުރި އަހުމަދު ޝީބާން -- ފޮޓޯ/ ފުލުހުން
22 ސެޕްޓެމްބަރު 2024 - 07:49
ހއ. ހޯރަފުށީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުވާ މީހަކު، ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ހޯރަފުށި ޕޮލިސް ސްޓޭޝަނާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ޔުނިޓާ ގުޅިގެން އެ ރަށުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއް ދަށުން އެ ރަށު، ރަތްބަގީޗާގެ، އަހްމަދު ޝީބާން ،42 އަހަރު ހައްޔަރުކޮށްފައިވާކަމަށެވެ.
އޭނާ ހައްޔަރުކުރިއިރު، އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު 50.6 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމުގައި ފުލުހުން ބުންޏެވެ. އޭގެ އިތުރުން، މަސްތުވާތަކެތި ވިއްކައި ވިޔަފާރި ކުރަން ގެންގުޅޭ ކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.