ވައިގެ މަގުން ތިން ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ ފަރާތް -- ފޮޓޯ/ ފުލުހުން
18 ސެޕްޓެމްބަރު 2024 - 08:29
ވައިގެމަގުން ތިން ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި މީހާގެ ބަންދަށް ފަސް ދުވަސް ޖެހުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހު ވެލާނާ އެއާޕޯޓުން ހައްޔަރުކުރީ ސ. ހިތަދޫ، ސާމްދާނު، އަހްމަދު އަހްސަން (35 އަހަރު) އެވެ. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައެވެ.
އޭނާ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ރާއްޖެއައި އެއާކާގޯ ޝިޕްމަންޓަކާއި، ރާއްޖެ އައި މެލޭޝިއާ އެއާލައިންސް ފްލައިޓަކުން ދަތުރުކުރި ދިވެހި ފަސިންޖަރަކު ބަލައި ފާސްކުރުމުގެ ތެރެއިންނެވެ.
އެ މައްސަލައާ މެދު ފުލުހުން ބުނީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާ ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ކަމަށެވެ.