logo
Bank of Maldives

Bank of Maldives

ޚަބަރު

ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި

މަރިޔަމް ޔަނާ އަލީ
21 އޯގަސްޓު 2024 - 05:09
ބުޅާތައް މަރައިގެން ބާގާ އާއި ސަބްމެރިން ހަދާ ކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ މީހާ.-- ފޮޓޯ: އިމިގްރޭޝަން
ބުޅާތައް މަރައިގެން ބާގާ އާއި ސަބްމެރިން ހަދާ ކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ މީހާ.-- ފޮޓޯ: އިމިގްރޭޝަން

މަގުމަތިން ބުޅާ ހިފައި، އެ ބުޅާތައް މަރައި އޭގެން ކާބޯތަކެތި ހަދައިގެން ވިއްކި ކަމަށް ތުހުމަތެ ކުރެވޭ ބިދޭސީ މީހާ، އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

މަގުމަތިން ބުޅާ ހިފައި، އޭގެން ކާބޯތަކެތި ހަދައިގެން ވިއްކި ކަމަށް ތުހުމަތުކުރެވެނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 32 އަހަރުގެ އަރަފާތު ހޮސެއިންގެ މައްޗަށެވެ. އޭނާގެ މައްޗަށް އެފަދަ ތުހުމަތުތަކެއް ކުރެވުނީ، މަގުމަތީގައި ގެންގުޅޭ ބުޅާތަކަށް ކާންދީ އެ ބުޅާތައް ބަލަހައްޓާ ވެލްފެއާ އޯގަނައިޒޭޝަނަކުން ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓެއްގެ ސަބަބުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އެ ޕޯސްޓުގައި ބުނީ މާލޭގެ މަގުމަތީގައި ތިބޭ ބުޅާތައް ގެއަށް ގެންގޮސް، މަރައި، އޭގެ މަސް ބޭނުން ކޮށްގެން ކާތަކެތި ހަދައި، އޭގެން ވިޔަފާރި ކުރާ ކަމަށް އަރަފާތުގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެ މީހާ ހައްޔަރުކޮށްފައި ވަނީ އެ މައްސަލައާ ގުޅިގެން އިމިގްރޭޝަނަށް ހާޒިރުވުމަށް އެދި އެ އިދާރާއިން ކުރި އިއުލާނާއެކުއެވެ. އެގޮތުން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން އިދާރާތަކުން ކުރަމުންދަނިކޮށް، އޭނާ ހައްޔަރުކޮށްފައިވަނީ ސިފަ ބަދަލުކުރުމަށް މާލޭގެ ސެލޫނެއްގައި ހުއްޓައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އިމިގްރޭޝަނުން ހޯދަމުން ދިޔަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، މިހާރު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް މެރުމަށްފަހު، އެ ބުޅަލުގެ މަހުން ކާތަކެތި ހަދައި ވިޔަފާރިކުރި ކަމަށް އަރަފާތުގެ މައްޗަށް ތުހުމަތުކުރެވޭ އިރު، މާލޭގެ މޭރީބްރައުން ކުރިމަތީ އޮންނަ ޕާރކިން ލޮޓްގައި ކޮތަޅެއް ހިފައިގެން ބުޅާތައް ހިފުމުގައި އަރަފާތު އުޅޭތަން ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެ. އެވީޑިއޯގައި އޭނާ ބުނެފަިއވަނީ އޭނާ ބުޅާ ގެއަށް ގެންދަނީ ގޭގައި ހުންނަ މީދާތައް ފައްސަން ކަމަށެވެ.

މީގެ އިތުރުން، އަރަފާތުގެ ދިރިއުޅޭ ގެ ކައިރިން ބުޅަލުގެ ގުނަވަންތައް ފެންނަ ކަމަށާއި، އެ ގެއިން ބުޅާތައް ރޯ އަޑު އިވޭކަމަށް ވެސް އޭނާގެ އަވައްޓެރިން ބުނާ ވީޑީޔޯތަކެއް ވެސް ސޯޝަލް މީޑިޔާގައި އާންމުވެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑޮލަރު ފޭރުނު މައްސަލާގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފިޚަބަރު | ދުވަހެއް ކުރިންހިޔާ ޓަވަރެއްގައި ކުޑަކުދިންތަކެއްގެ މެދުގައި އިންޒާރު ދީ ހަމަނުޖެހުން ހިންގި މައްސަލައެއްޚަބަރު | 2 ދުވަސް ކުރިންބްރިޖުގައި އެކްސިޑެންޓެއް ހިނގައި ދެ އަންހެނުންނަށް އަނިޔާވެއްޖެޚަބަރު | 2 ދުވަސް ކުރިންއޮޅުވެލިފުށްޓާއި ކުރެންދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ފަށައިފިޚަބަރު | 2 ދުވަސް ކުރިން