ސޯސަން މަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެންމީހާ ނިޔާވެއްޖެ
25 ސެޕްޓެމްބަރު 2026 - 13:12

ސޯސަން މަގުގައި މިދިޔަ އާދިއްތަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ދެ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެ، އޭޑީކޭ ފަރުވާ ދެމުންދިޔަ ދިވެހި އަންހެން މީހާ މަރުވެއްޖެ އެވެ.
މަރުވެފައިވަނީ އައިޝަތު މާހިދާ 26އ އެވެ. އެ އަންހެން މީހާ މަރުވެފައިވަނީ އެކްސިޑެންޓުގައި އޭނާގެ ބޮލަށް ލިބުނު އަނިޔާތަކަށް އޭޑީކޭގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށް މިއަދު ހަވީރު 17:26 އެހާކަންހާއިރެވެ.
.png&w=750&q=75)
Ad by Hajj Corporation
މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ވަނީ ތ. ދިޔަމިގިލި، އައްސޭރި، މާހު ހަސަން (21) ނަމަކަށް ކިޔާ މީހަކު ހައްޔަރު ކޮށްފައެވެ.މިދިޔަ ބުދަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ. ކޯޓު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭނެ އެކަށިގެންވާނެ ހެކި ވަނީ ލިބިފައެވެ.
މި މައްސަލަ ތަހުގީގުކުރާ އިންވެސްޓިގޭޝަން އޮފިސަރު ބުނެފައިވަނީ، މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ފަރާތަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތެއް ނޫން ކަމަށެވެ. އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން މިއަހަރުގެ ތެރޭގައި ހަތަރު ފަހަރެއްގެ މަތިން ފުލުހުން ވަނީ އޭނާ ހުއްޓުވައި ޖޫރިމަނާކޮށްފައިކަމަށް އިންވެސްޓިގޭޝަން އޮފިސަރު ބުނެފައިވެއެވެ.


