logo
MPL

MPL

ޚަބަރު

ސޯސަންމަގު އެކްސިޑެންޓްގައި އަނިޔާވި މާހިދާ ނިޔާވެއްޖެ، ރައީސްގެ ތައުޒިޔާ

މުހައްމަދު މޫސާމުހައްމަދު މޫސާ
25 ސެޕްޓެމްބަރު 2026 - 16:28
އެކްސިޑެންޓްގައި ނިޔާވި އިމިގްރޭޝަން އޮފިސަރ މާހިދާ
އެކްސިޑެންޓްގައި ނިޔާވި އިމިގްރޭޝަން އޮފިސަރ މާހިދާ

 

މާލޭގެ ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަޚަމްވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފު، ޢާއިޝަތު މާހިދާ (26އ) ނިޔާވެއްޖެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ވިދާޅުވި ގޮތުގައި އޭނާ ނިޔާވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައެވެ.

މާހިދާ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީސްމީޑިއާ މެދުވެރިކުރައްވައި މަރްޙޫމާގެ ޢާއިލާއަށާއި މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންނަށް ތަޢުޒިޔާ ފޮނުއްވާފައެވެ.

"މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އާމީން" ރައީސްގެ މެސެޖުގައި ވިދާޅުވެފަވެއެވެ.

 

View post on Twitter

 

މި އެކްސިޑެންޓް ހިނގާފައިވަނީ ސެޕްޓެމްބަރު 21 ވަނަ ދުވަހުގެ ދަންވަރު 01:12 އެހައިކަންހާއިރު ސޯސަންމަގުގައި ދެ ސައިކަލު ޖެހިގެންނެވެ. މި ހާދިސާގައި 3 މީހަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ނިޔާވި އަންހެން މީހާގެ އިތުރުން 21 އަހަރާއި 22 އަހަރުގެ ދެ ފިރިހެނުންނެވެ. އެ ދެ ފިރިހެނުންނަށް ފަރުވާދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެއް ސައިކަލު ދުއްވި ތ. ދިޔަމިގިލި، އައްސޭރި، މާހު ޙަސަން (21އ) ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ. ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސީސީޓީވީ ފޫޓޭޖާއި ހާދިސާ ރިޕޯޓް އަދި ޓްރެފިކް ވައިލޭޝަން ރެކޯޑުތަކުން އޭނާގެ މައްޗަށް އެކަށީގެންވާ ހެކި ވަނީ ލިބިފައެވެ.

މައްސަލަ ތަހުގީގުކުރާ އޮފިސަރު ކޯޓުގައި ވިދާޅުވެފައިވަނީ، ހައްޔަރުކުރި މީހާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށާއި، އޭނާ ބާރު ސްޕީޑުގައި ޒިގްޒެގްކޮށް ދުއްވުމުގެ ސަބަބުން ހިނގި މި އެކްސިޑެންޓުގައި އަނެއް ސައިކަލުގައި ތިބި ދެމީހުންގެ ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއް ލިބި ހާލަތު ވަރަށް ނާޒުކުވި ކަމަށެވެ. އަދި ލައިސަންސް ނެތި ދުއްވައިގެން މިއަހަރު ތެރޭގައި ހަތަރު ފަހަރެއްގެ މަތިން އޭނާ ޖޫރިމަނާކޮށްފައިވާ ކަމަށްވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް އަރިހަށް ސައުތު އޭޝިއަން ޔުނިވަރސިޓީގެ ރައީސް، ޒިޔާރަތް ކުރައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންފަލަސްތީނުގެ މިނިވަންކަމަށް އަބަދުވެސް ވަކާލާތުކުރާނަން: ރައީސްޚަބަރު | 9 ގަޑިއިރު ކުރިންއިހާނެތިކޮށް ހިތުމާއި މީހުން ނުރުހޭ ވަނަންތައް ކިޔުމާ ދުރުހެލިވެ ތިބެން ޖެހޭ: ރައީސްޚަބަރު | 10 ގަޑިއިރު ކުރިންއިހްތިރާމުކޮށް ގަދަރުކުރާ މުޖުތަމައެއް ބިނާކުރަންޖެހޭ: ރައީސްޚަބަރު | 20 ގަޑިއިރު ކުރިން