އިހްތިރާމުކޮށް ގަދަރުކުރާ މުޖުތަމައެއް ބިނާކުރަންޖެހޭ: ރައީސް
14 ނޮވެމްބަރު 2026 - 18:30

އިސްލާމްވަންތަކާއި ދިވެހިވަންތަކަމުގެ ރޫޙަކީ، އިހްތިރާމް ކުރުމާއި އެކަކު އަނެކަކަށް ގަދަރުކުރުންކަން އަބަދުވެސް ހަނދާން ކުރާ މުޖުތަމައެއް ބިނާކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހްކުރުމަށް، މާފަންނު ޓްރެކް ސަރަހައްދުގައި މިރޭ ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
ރައީސް މުއިއްޒު ވިދާޅުވީ ދިވެހިން ބޭނުންވާ ހަގީގީ ތަރައްގީ ހާސިލްކުރެވޭނީ އުމްރާނީ ތަރައްގީއާއެކު ދިވެހީންގެ ވިސްނުން ބިނާކޮށްގެން ކަމަށެވެ. އެހެންވެ އިހްތިރާމުކުރުމުގެ ގައުމީ މަޝްރޫއެއް ފެށީ އިސްލާމީ ހަމަތަކާއި އެކަކު އަނެކަކަށް ގަދަރުކުރުމުގެ މައްޗަށް ބިނާވެފައިވާ އަދި ފުރައްސާރަކުރުމާއި މަލާމާތްކުރުމުން ތޯހިރުވެފައިވާ ތަހުޒީބު މުޖުތަމައެއް ބިނާކުރުމުގެ މަތިވެރި މަގުސަދުގައި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުޅުންތަކާ ގުޅުންތައް މިގޮތުގައި ބެހެއްޓިއްޖެނަމަ، ސައްތައިންސައްތަ މި އިސްލާމީ ގައުމަކީ، މާތް ﷲ ލޯބިވެވޮޑިގެންވާ އެންމެ ތަހުޒީބީ ސިފަތަކުން ޖަރީވެފައިވާ ތަހުޒީބު މުޖުތަމަޢުއަކަށް ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

-01.jpg&w=3840&q=75)
