logo
MPL

MPL

ޚަބަރު

އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހްކޮށްފި

އަޙުމަދު ރަމީޒު
14 ނޮވެމްބަރު 2026 - 16:16
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" މިރޭ އިފްތިތާހްކޮށްދެއްވައިފި އެވެ.

މިމަޝްރޫއު އިފްތިތާހް ކުރުމަށް މާލޭގެ ކުޅިވަރު އެކުވެނީގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ދެކަނބަލުންނާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި އުއްތަމަ ފަނޑިޔާރާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންނާއި، އެތައް ސަތޭކަ އާންމުންނާއި ބައެއް ދަރިވަރުންވެސް ބައިވެރިވެފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމަޝްރޫޢު އިފްތިތާޙުކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސްޓޭޖުމަތީގައި ހުރި މޮނިއުމެންޓް މަތީގައި ދިއްލާފައިވާ ބޯޅައެއް ބަހައްޓަވާފަ އެވެ.

ހެރިޓޭޖު މިނިސްޓްރީ އިސްވެ އޮވެ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދާ އިހްތިރާމް އަދާކުރުމުގެ ކެމްޕޭނަކީ، ދިވެހިންގެ ތެރެއިން ގެއްލެމުންދާ އިހްތިރާމް ކުރުމުގެ ރީތި އާދަ އަލުން އަށަގެންނެވުމަށް ގައުމީ ފެންވަރުގައި ފެށި ބޮޑު ކެމްޕޭނެކެވެ.

މިމަޝްރޫއުގެ މަގުސަދަކީ މުޖުތަމައުގައި އުޅޭ އެންމެންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި އެކަކު އަނެކަކަށް ގަދަރާއި އިހްތިރާމް ކުރުމުގެ ރީތި ސިފަ ދިވެހިންގެ ހިތްތަކުގައި އަލުން އާލާކޮށް ދިރުވުމުވެ. ވަކިން ހާއްސަކޮށް ޒުވާނުންނާއި، ކުޑަކުދިންގެ މެދުގައި އިހްތިރާމު އަދާކުރުމުގެ ރީތި ސިފަތައް ހަރުދަނާ ކުރުންވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

އިހްތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފެށުމަށް ރައީސް ޑރ. މުއިއްޒު ނިންމެވީ ދިވެހިންގެ ތެރެއިން ނެތެމުންދާ ރީތި އާދަތައް ދިރުވާ އާލާކުރުމަށާއި ދިވެހިންގެ އަމިއްލަވަންތަކަން ހިފެހެއްޓުމަށެވެ.

އިހްތިރާމް އަދާކުރުމަކީ ދިވެހިންގެ ތެރޭގައި ކުރިން އޮތް ރީތި އާދައެކެވެ. އެކަމަކު ދިވެހިންގެ ތެރެއިން އިހްތިރާމު އަދާކުރުމުގެ ރީތި ސިފަތައް ގެއްލެމުންދާތީ، މިރޭ މިފެށި މަޝްރޫއުގެ ސަބަބުން އިހުތިރާމް އަދާކުރުމުގެ ރިވެތި އާދަ ދިވެހިންގެ މެދުގައި އާލާކުރެވޭނެ ކަމަށް ސަރުކާރުން ދެކެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހްކޮށްފިޚަބަރު | 34 މިނިޓު ކުރިންކޮޕް ސަމިޓަށްފަހު ރައީސް ރާއްޖެ ވަޑައިގެންފިޚަބަރު | 9 ގަޑިއިރު ކުރިންދުނިޔެއަށް ވަރުގަދަ މެސެޖެއް ދެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންފިޚަބަރު | 12 ގަޑިއިރު ކުރިންސިޔާސީ ޖަޒުބާތުތަކުގެ ކުރިޔަށް ޤައުމީ އިޚްލާސްތެރިކަން ނެރެން އެބަޖެހޭ - ރައީސް ޑރ. މުޢިއްޒުޚަބަރު | ދުވަހެއް ކުރިން