logo
MPL

MPL

ޚަބަރު

ކޮޕް ސަމިޓަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

އަޙުމަދު ރަމީޒު
14 ނޮވެމްބަރު 2026 - 07:31
ކޮޕް ސަމިޓަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

މޫސުމަށް އަންނަ ބަދަލުތަކާބެހޭ އދ ގެ މުއާހަދާގެ ބައިވެރިންގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ގައި ބައިވެރިވެ ވަޑައިގަތުމަށް، ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ ވަޑައިގެންފި އެވެ.

ADS BY OOREDOO

Ad by Hajj Corporation

Ad by Hajj Corporation

"ޓްވާޑްސް އަ ސަސްޓެއިނަބަލް، ރެޒިލިއަންޓް އެންޑް އިކުއިޓަބަލް ފިއުޗާ" މި ޝިއާރުގެ ދަށުން މި މަހުގެ 10ގައި ފެށި މި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ކޮންފަރެންސްގައި ރާއްޖޭގެ ގައުމީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމީ ބަދަލުތަކާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމައުން ވެފައިވާ ވައުދުތައް ފުއްދުމަށާއި، ބައިނަލްއަގުވާމީ މާލީ ނިޒާމަށް އިސްލާހީ ބަދަލުތައް ގެނައުމަށް ގޮވާލައްވާފަ އެވެ. އަދި ސިޔާސީ ގޮތުން ވެފައިވާ ވައުދުތައް އަމަލީ ނަތީޖާއަށް ބަދަލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ނާޒުކު ހާލަތްތައް ބަލައިގަތުމަށް ގޮވާލެއްވި އެވެ.

މި ދަތުރުފުޅުގައި މޫސުމީ މައްސަލަތަކާ ގުޅޭ މަތީ ފަންތީގެ ވަށްމޭޒު ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން، ނާޒުކު ޖަޒީރާ ގައުމުތަކަށް ދިމާވާ ގޮންޖެހުންތައް ހިއްސާކުރައްވާ އެ ޤައުމުތަކަށް ފޯރުކޮށްދޭ ބައިނަލްއަގުވާމީ އެހީތެރިކަން އިތުރުކުރުމަށް ރައީސް ބާރުއެޅުއްވި އެވެ.

މީގެ އިތުރުން، ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވާފަ އެވެ.

އެކަމަނާގެ ވާހަކަފުޅުގައި ކަނޑަށް އެޅޭ ކުނީގެ ސަބަބުން ފަރުތަކަށާއި، ކަނޑުގެ ދިރުންތަކަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށް ލިބޭ ގެއްލުންތައް ފާހަގަކުރައްވައި، އުކާލާ ކުންޏަކީ އަމިއްލައަށް ނެތިގެންދާ އެއްޗެއް ނޫންކަން ހަނދާންކޮށް ދެއްވި އެވެ.

މި ސަމިޓުގެ ހަވާސާގައި ރައީސް ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮޕް ސަމިޓަށްފަހު ރައީސް ރާއްޖެ ވަޑައިގެންފިޚަބަރު | 4 ގަޑިއިރު ކުރިންދުނިޔެއަށް ވަރުގަދަ މެސެޖެއް ދެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންފިޚަބަރު | 7 ގަޑިއިރު ކުރިންސިޔާސީ ޖަޒުބާތުތަކުގެ ކުރިޔަށް ޤައުމީ އިޚްލާސްތެރިކަން ނެރެން އެބަޖެހޭ - ރައީސް ޑރ. މުޢިއްޒުޚަބަރު | ދުވަހެއް ކުރިން ޓެކްނޮލޮޖީ ޚިދުމަތްތަކަށް ބޭރު ފައިސާ ލިބުމުގައި ހުރި ދަތިތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފިޚަބަރު | ދުވަހެއް ކުރިން