ޓެކްނޮލޮޖީ ޚިދުމަތްތަކަށް ބޭރު ފައިސާ ލިބުމުގައި ހުރި ދަތިތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފި
13 ނޮވެމްބަރު 2026 - 06:01

"ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ 12 ވަނަ އެޕިސޯޑުގައި ، ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީތަކަށް) ކުރިމަތިވާ މުހިންމު ގޮންޖެހުންތައް ފާހަގަކޮށް، ރާއްޖޭގެ ކުރިއަރަމުން އަންނަ ޑިޖިޓަލް އިޤްތިޞާދަށް އެހީތެރިވުމަށް އެޅިދާނެ ޢަމަލީ ފިޔަވަޅުތަކާ ގުޅޭގޮތުން ޖަވާބު ކުންފުނީގެ ކޯ-ފައުންޑަރ އަދި ސީއީއޯ މުޙައްމަދު ޖައިލަމް ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ޖައިލަމް ވަނީ ބައިނަލްއަޤްވާމީ ޕޭމަންޓް ގޭޓްވޭތަކާއި، ސަރުކާރުން ދޭންޖެހޭ ފައިސާ ލަސްވުމާއި ޓެކްސް އިލްތިޒާމުތަކާ ގުޅުންހުރި ކަންބޮޑުވުންތަކާއި، ކޮންމެހެން ބޭނުންވާ ޓެކްނޮލޮޖީ ޚިދުމަތްތަކަށް ބޭރު ފައިސާ ލިބުމުގައި ހުރި ދަތިތަކާއި، އަދި ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޑިޖިޓަލް ކޮންޓެންޓް އިޤްތިޞާދެއް ބިނާކުރުމުގެ ފުރުޞަތުތަކާ ބެހޭގޮތުން ވާހަކަދައްކަވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދެވިއްޖެނަމަ، ދިވެހި ޓެކްނޮލޮޖީ ކުންފުނިތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި ފުޅާވެ، އިންވެސްޓްމަންޓްތައް ހޯދައި، ޤައުމީ އިޤްތިޞާދީ ކުރިއެރުމަށް މިހާރަށްވުރެ ފައިދާހުރި ގޮތެއްގައި ޙިއްޞާވެވޭނެއެވެ.
.png&w=750&q=75)
Ad by Hajj Corporation
ޖައިލަމް ފާހަގަކުރެއްވި މައިގަނޑު އެއް މައްސަލައަކީ ބޭރުގެ ކަސްޓަމަރުންގެ އަތުން ދިވެހި ވިޔަފާރިތަކަށް ފައިސާ ބަލައިގަތުމުގައި ހުރި ދަތިތަކެވެ. އެގޮތުން އާޓިފިޝަލް އިންޓެލިޖެންސްގެ ކުރިއެރުމާއެކު ރާއްޖޭގެ ސޮފްޓްވެއަރ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބެމުންދިޔަ ނަމަވެސް، ބައިނަލްއަޤްވާމީ ޕޭމަންޓް ޕްލެޓްފޯމްތަކަށް ވާސިލުވުމުގައި ހުރި ހުރަސްތަކުގެ ސަބަބުން ސޮފްޓްވެއަރ އާއި ޑިޖިޓަލް ޚިދުމަތްތައް އެކްސްޕޯޓްކުރުމުގެ ފުރުޞަތުތަކަށް ހުރަސްއެޅޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ޖައިލަމް ހުށަހެޅުއްވީ މިހާރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެމުންދާ ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކުގެ ވިޔަފާރިތަކަށްވެސް ލިބޭނޭހެން ފުޅާކުރުމަށެވެ. އެގޮތުން، ރާއްޖޭގައި މިހާރުވެސް ޤާއިމުވެފައި ހުރި ޕޭމަންޓް އިންފްރާސްޓްރަކްޗަރގެ ބޭނުން ފުރިހަމައަށް ހިފުމަކީ، ދިވެހި ކުންފުނިތަކަށް ބައިނަލްއަޤްވާމީ ބާޒާރުތަކަށް ވާސިލުވުމަށް އެހީތެރިވެދީ، ޤައުމަށް އިތުރު ބޭރު ފައިސާ ވެއްދުމަށް މަގުފަހިވާނެ ކަމެއް ކަމުގައި އޭނާ ބަޔާންކުރެއްވިއެވެ.
މީގެއިތުރުން، ސަރުކާރުގެ ނިމިފައިވާ މަޝްރޫޢުތަކަށް ލިބެންޖެހޭ ފައިސާ ލަސްވުމާއި، އެއާ ޚިލާފަށް ދައްކަންޖެހޭ ޓެކްސް ގަޑިން ގަޑިއަށް ދައްކަންޖެހުމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކޭޝްފްލޯއަށް ކުރިމަތިވާ ދަތިތައްވެސް ޖައިލަމް ފާހަގަކުރެއްވިއެވެ. ޖަވާބު ކުންފުނީގެ އަމިއްލަ ތަޖުރިބާއަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، ސަރުކާރުން ނުލިބި ހުންނަ އިންވޮއިސްތަކުގެ ސަބަބުން، މުވައްޒަފުންގެ މުސާރައާއި، ހިންގުމުގެ ޚަރަދުތަކާއި އަދި ޓެކްސް ފައިސާ އެއްފަހަރާ ހަމަޖައްސަންޖެހޭ ކުދި ވިޔަފާރިތަކަށް މާލީގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވާ ކަމަށެވެ

-01.jpg&w=3840&q=75)
