logo
ޒީރޯ ވޭސްޓް މިއުޒިއަމް ބައްލަވާލައްވައި، މެޑަމް ސާޖިދާ 'ވިޝް ވޯލް' ގައި މެސެޖެއް ދެއްވައިފިMPL

MPL

ޚަބަރު

ރާއްޖޭގެ ބިމުން ކުޑަ މިންވަރެއް ގެއްލުނަސް އެއީ އިސްތިޤްލާލަށް އޮތް ނުރައްކަލެއް: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
13 ނޮވެމްބަރު 2026 - 00:55
ރާއްޖޭގެ ބިމުން ކުޑަ މިންވަރެއް ގެއްލުނަސް އެއީ އިސްތިޤްލާލަށް އޮތް ނުރައްކަލެއް: ރައީސް

ރާއްޖޭގެ ބިމުން ކުޑަ މިންވަރެއް ގެއްލިގެން ދިޔުމަކީވެސް ޤައުމުގެ އިސްތިޤްލާލަށް އޮތް ނުރައްކަލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޔުނައިޓެޑް ނޭޝަންސް ގްލޯބަލް ސެންޓަރ ފޯރ ކްލައިމެޓް މޮބިލިޓީ (ޖީ.ސީ.ސީ.އެމް) އިން ތުރުކީވިލާތުގައި ކުރިއަށްގެންދިޔަ 'ސީ-ލެވެލް ރައިސް: މަލްޓި-ލެވެލް އެކްޝަން ފޯރ ކޯސްޓަލް ރެޒިލިއަންސް' ސެޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސެޝަންގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ތަރައްޤީއަށް އޮތް ވަގުތީ ގޮންޖެހުމެއްގެ އިތުރުން ދިވެހިރާއްޖޭގެ ދެމިއޮތުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ރަށްތަކަކީ ހަމައެކަނި ބިމެއް ނޫންކަމަށާއި، އެއީ ދިވެހިންގެ ގޯތިގެދޮރާއި، ތާރީޚާއި، އަމިއްލަވަންތަކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ބިމުން ކުޑަ މިންވަރެއް ގެއްލިގެން ދިޔުމަކީވެސް ރާއްޖޭގެ އިސްތިޤްލާލާއި، ތަރިކައާއި، މުސްތަޤްބަލަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއްކަން ފާހަގަކުރައްވައި، ދިވެހިން އެމީހުންގެ އަމިއްލަ ރަށްތަކުގައި ދިރިއުޅުމުގެ ޙައްޤު ރައްކާތެރިކުރުމަކީ ޤައުމީ ފެންވަރެއްގައި އެންމެ އިސްކަންދޭ ކަންތައް ކަމުގައި ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ޤުދުރަތީ ގޮތުން ރަށްތައް ހިމާޔަތްކޮށްދޭ ފަރުތަކާއި ކުޅިތައް ރައްކާތެރިކުރުމަށާއި، ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރަށު ފެންވަރުގައި ކުރެވޭ މިފަދަ މަސައްކަތްތަކަށް ބޭނުންވާ މަޢުލޫމާތާއި މާލީ އެހީތެރިކަން މުޖުތަމަޢުތަކަށް ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޤައުމީ ފެންވަރުގައި ކުރެވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހުޅުމާލެއަކީ އުސްކޮށް ހިއްކާފައިވާ ރަށެއް ކަމަށާއި، އެއީ ރާއްޖޭގެ މޫސުމީ ސަލާމަތަށްޓަކައި ކުރެވިފައިވާ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. މީގެ އިތުރުން، އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ، ކާބަން މަދު އިކޯ-ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރަމުންދާ ރަސްމާލެއަކީ ކުރިމަގުގައި ކަނޑުގެ ލޮނުގަނޑު އުފުލޭނެކަމަށް ލަފާކުރާ މިންވަރަށްވުރެ އުސްކޮށް ހިއްކަމުންދާ ރަށެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި މަސައްކަތްތަކަކީ 2040 ވަނަ އަހަރު އަންނަންވާއިރަށް، މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން ޤައުމީ ތަރައްޤީގެ ތެރޭގައި ހިމަނައިގެން، ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ގެންގުޅުއްވާ ތަޞައްވުރު ރަމްޒުކޮށްދޭ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް އެކުލަވާލާ ޕްލޭންތަކުގައި 'ކްލައިމެޓް މޮބިލިޓީ' ހިމެނުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެކަށީގެންވާ، ދެމެހެއްޓެނިވި އަދި ފަސޭހައިން ލިބޭނެ މާލީ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ގޮވާލައްވާފައެވެ. އަދި މިފަދަ އެހީތެރިކަމަކީ ޚައިރާތެއްގެ ބަދަލުގައި ހިލޭ އެހީގެ ގޮތުގައި ލިބެންޖެހޭ އެއްޗެއްކަން ފާހަގަކުރައްވައި، މިއީ މޫސުމީ އިންސާފާ ގުޅިފައިވާ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، އަންނަން އޮތް ޖީލުތަކަށް ކާބަފައިންގެ ބިމުގައި ދިރިއުޅެ، ދިރިއުޅުން ބިނާކޮށް، ކުރިއެރުން ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ރާއްޖޭގެ ރަށްތައް ހިމާޔަތްކުރުމުގައި ސަރުކާރުން ސާބިތުވެ އޮތްކަމުގެ ޔަޤީންކަން އަލުން ދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ބިމުން ކުޑަ މިންވަރެއް ގެއްލުނަސް އެއީ އިސްތިޤްލާލަށް އޮތް ނުރައްކަލެއް: ރައީސްޚަބަރު | 24 މިނިޓު ކުރިންއިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު: ދިވެހިންގެ ރިވެތި އާދަތައް އަލުން ދިރުވުމުގެ ތާރީހީ ފެށުމެއްރިޕޯޓް | 7 ގަޑިއިރު ކުރިންކުދި ޖަޒީރާ ޤައުމުތަކަށް ތަރައްޤީއާއި މޫސުމީ ވިލުންތެރިކަމަކީ ވަކިނުކުރެވޭނެ ދެ ކަންތައް ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެޚަބަރު | 11 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ކޮޕް31 ގެ ހަވާސާގައި ޔޫ.އެން.ޑީ.ޕީ.ގެ އެޑްމިނިސްޓްރޭޓަރާ ބައްދަލުކުރައްވައިފިޚަބަރު | 12 ގަޑިއިރު ކުރިން