ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ކޮޕް31 ގެ ހަވާސާގައި ޔޫ.އެން.ޑީ.ޕީ.ގެ އެޑްމިނިސްޓްރޭޓަރާ ބައްދަލުކުރައްވައިފި
12 ނޮވެމްބަރު 2026 - 13:28

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގެ އެޑްމިނިސްޓްރޭޓަރ މިސްޓަރ އެލެގްޒެންޑަރ ޑި ކްރޫއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިޔަށް ދިޔައީ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ކޮޕް31) ގެ ހަވާސާގައެވެ.
ޙަބަރު ލިބޭ ގޮތުގައި މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ދެފަރާތުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުންނެވެ. ޚާއްޞަކޮށް ދެމެހެއްޓެނިވި ތަރައްޤީއާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމުގެ ޤާބިލުކަން އިތުރުކުރުމާއި، ތިމާވެއްޓާގުޅުން ހުރި ފުރުޞަތުތައް ކުރިމަގުގައި ބައްޓަންކުރުމާ ގުޅޭގޮތުންނެވެ.
ރައީސު މުޢިއްޒު ވަނީ ޔޫ.އެން.ޑީ.ޕީ. އިން ދިގު މުއްދަތަކަށް ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި ދެފަރާތުގެ ތަރައްޤީ ޙިއްޞާކުރާ ކަންކަން ކުރިއެރުވުމަށާއި، ދިވެހި ރައްޔިތުންނަށް ދެމެހެއްޓެނިވި ފައިދާތަކެއް ހޯދައިދިނުމަށްޓަކައި، މި ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދެފަރާތުގެ ދެމެދުގައި އޮތް ގާތް ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން ދެބޭފުޅުންވެސް ވަނީ ފާހަގަކުރައްވާފައެވެ.
.png&w=750&q=75)
Ad by Hajj Corporation

-01.jpg&w=3840&q=75)
