ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްޤީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ ބާރުލިބޭ ނިޒާމެއް މުހިންމު: ރައީސް
11 ނޮވެމްބަރު 2026 - 18:31

އެންމެ މުހިންމު ކަމަކީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ ބާރުވެރިކަން ލިބިދޭ ބައިނަލްއަގްވާމީ ނިޒާމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ޔޫއެންއެފްސީސީސީ ކޮޕް31)ގެ ލީޑަރުންގެ ސަމިޓްގައި ރާއްޖޭގެ ތަގުރީރު އިއްވަމުން ރައީސް ވިދާޅުވީ، ބައިނަލްއަގްވާމީ މާލީ ނިޒާމުތަކުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ހުރި ނާޒުކު ފުރުސަތުތަކާއި ގޮންޖެހުންތައް ބަލައިގަންނަންޖެހޭ ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
އަދި މޫސުމީ އިންވެސްޓްމަންޓްތައް ވަޒަންކުރުމުގައި ބައިނަލްއަގްވާމީ މާލީ އިދާރާތަކާއި ކްރެޑިޓް ރޭޓިން އެޖެންސީތަކުން ގެންގުޅޭ އުސޫލުތައް އިސްލާހު ކުރަންޖެހޭ ކަަަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ތަރައްގީވެފައިވާ ގައުމުތަކުން މޫސުމީ ބަދަލުތަކަށް އެހީވުމަށް ވެފައިވާ އިގުރާރުތަކަށް އިހުތިރާމްކޮށް، އެ ޒިންމާތައް އަދާކުރަންޖެހޭ ކަމަށެވެ. އަދި މި އެހީއަކީ އައު، އިތުބާރު ހުރި އަދި ހިލޭ އެހީގެ ގޮތުގައި ލިބޭ އެހީއަކަށް ވާންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
