logo
MPL

MPL

ޚަބަރު

ދުނިޔޭގެ އެންމެ ނުފޫޒުގަދަ ލީޑަރުންގެ ސަފުގައި ރައީސް މުޢިއްޒު

މުހައްމަދު މޫސާމުހައްމަދު މޫސާ
11 ނޮވެމްބަރު 2026 - 15:24
ދުނިޔޭގެ އެންމެ ނުފޫޒުގަދަ ލީޑަރުންގެ ސަފުގައި ރައީސް މުޢިއްޒު

ތުރުކީވިލާތުގައި ކުރިއަށްދާ އަންތާލިޔާ ލީޑަރސް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ތުރުކީވިލާތުގެ އަންތާލިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ، މި މަހުގެ 10 އިން 14 އަށް އެ ޤައުމުގައި ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންނާއެކު ނެންގެވި ރަސްމީ ފޮޓޯފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

"ޓުވަރޑްސް އަ ސަސްޓެއިނަބަލް، ރެޒިލިއެންޓް އެންޑް އިކުއިޓަބަލް ފިއުޗަރ" މި ޝިޢާރުގެ ދަށުން ކުރިއަށްގެންދާ މި ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާނާއި، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިއީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކޮށް، ގުޅިގެން މަސައްކަތްކުރުން ހަރުދަނާކުރުމަށް ދުނިޔޭގެ ލީޑަރުން އެއްތަނަކަށް އެއްވެވަޑައިގަންނަވާ މުހިންމު ސަމިޓެކެވެ. މި ސަމިޓުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާ ދާއިރާތަކުގެ ތެރޭގައި ސާފު ހަކަތައަށް ބަދަލުވުމާއި، ދުނިޔޭގެ ފެންވަރުގައި ކަރަންޓުގެ ޚިދުމަތް ފުޅާކުރުމާއި، މޫސުމީ ބަދަލުތަކާ ގުޅޭ މާލީ އެހީތެރިކަން ހޯދުމުގެ އިތުރުން އަރބަން އެޑެޕްޓޭޝަން ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުނިޔޭގެ އެންމެ ނުފޫޒުގަދަ ލީޑަރުންގެ ސަފުގައި ރައީސް މުޢިއްޒުޚަބަރު | 20 މިނިޓު ކުރިންދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފިޚަބަރު | 3 ގަޑިއިރު ކުރިންވިޔަފާރި އެއްބަސްވުންތައް ހާމަކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމެއް: އަބްދުﷲޚަބަރު | 7 ގަޑިއިރު ކުރިން ރައީސުލްޖުމްހޫރިއްޔާ ސީޝެލްސްގެ ނައިބު ރައީސާއާ މަޝްވަރާކުރައްވައިފިޚަބަރު | 9 ގަޑިއިރު ކުރިން