logo
MPL

MPL

ރިޕޯޓް

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު: ދިވެހިންގެ ރިވެތި އާދަތައް އަލުން ދިރުވުމުގެ ތާރީހީ ފެށުމެއް

އައިޝަތު އިނާޝާ
12 ނޮވެމްބަރު 2026 - 18:25
އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު: ދިވެހިންގެ ރިވެތި އާދަތައް އަލުން ދިރުވުމުގެ ތާރީހީ ފެށުމެއް

ދިވެހި މުޖުތަމައުގައި ޒަމާނުއްސުރެ އަށަގެންފައި އޮތް އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ މަތިވެރި ސަގާފަތާއި ރިވެތި އާދަތައް އަލުން ދިރުވައި އާލާކުރުމަށްޓަކައި، ސަރުކާރުން އިސްނަގައިގެން "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" ގެ ނަމުގައި ގައުމީ ފެންވަރުގެ ބޮޑު މަޝްރޫއެއް ފެށުމަށް މިވަނީ ތައްޔާރުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއެކު އިއުލާނުކުރެއްވި މި މަޝްރޫއަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން، ހާއްސަ ޕްލޭނަކާއި ބަޖެޓެއްގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ދިގު ރާސްތާ މަޝްރޫއެކެވެ.

މި މަޝްރޫއު ތަންފީޒުކުރުމުގެ އެންމެހާ މަސައްކަތްތައް ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން، މިނިސްޓަރު ހީނާ ވަލީދުގެ ބެއްލެވުމުގެ ދަށުންނެވެ. މައިގަނޑު މަގުސަދަކީ ރާއްޖޭގެ އިޖުތިމާއީ ފޭރާން ވަރުގަދަކޮށް، އަމާން އަދި އެކުވެރި މުޖުތަމައެއް ބިނާކުރުމެވެ. އެގޮތުން، ދިވެހިންގެ ތެރޭގައި ކުރިން އޮތް ބޮޑެތި މީހުންނަށާއި ކުޑަކުދިންނަށް އަދި އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ ރިވެތި އާދަ އަލުން އާލާކޮށް، މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ މީހުންގެ މެދުގައި ލޯތްބާއި، އޯގާތެރިކަމާއި، އިހުތިރާމްގެ ރޫހު އުފެއްދުމަށް މި މަޝްރޫއުގެ ދަށުން ހާއްސަ އިސްކަމެއް ދޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫއުގެ ދަށުން ގައުމީ ފެންވަރުގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ކޮންމެ އަހަރަކު އެއްފަހަރު "ގައުމީ އިހުތިރާމް އަދާކުރުމުގެ ދުވަސް" ފާހަގަކުރުމާއި، ސުކޫލުތަކާއި، އޮފީސްތަކާއި، އާންމު މުޖުތަމައުގެ ތެރޭގައި އިހުތިރާމް އަދާކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ހާއްސަ ލޯގޯއެއް ފަރުމާކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައި، ގައުމީ ސިފަތަކާއި އިހުތިރާމްގެ ރަމްޒުތައް ދައްކުވައިދޭ ރަސްމީ ލޯގޯއެއް ހޮވުމުގެ މަސައްކަތްވެސް ވަނީ ކުރެވިފައެވެ.

ސަރުކާރުގެ އިދާރާތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި، ކުޅިވަރު ކުލަބުތަކާއި، އާންމު ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު ކުރިއަށްގެންދާ މި މަޝްރޫއު ރަސްމީކޮށް އިފްތިތާހުކުރުމަށް ހަމަޖެހިފައިވަނީ 14 ނޮވެމްބަރު 2026 ވާ ހޮނިހިރު ދުވަހުގެ ރޭ މާލޭގެ އެކުވެނި އައުޓްޑޯ ޓްރެކްގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައެވެ. މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން މިހާރު ދަނީ އެ ރަސްމިއްޔާތަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މިއީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދިވެހި މުޖުތަމައަށް އަގުހުރި ހެޔޮ ބަދަލުތަކެއް ގެނުވާނެ، ގައުމީ ތަރައްގީއާ ގުޅިފައިވާ މުހިންމު އިޖުތިމާއީ ބިންގަލެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު: ދިވެހިންގެ ރިވެތި އާދަތައް އަލުން ދިރުވުމުގެ ތާރީހީ ފެށުމެއްރިޕޯޓް | 24 މިނިޓު ކުރިންކުދި ޖަޒީރާ ޤައުމުތަކަށް ތަރައްޤީއާއި މޫސުމީ ވިލުންތެރިކަމަކީ ވަކިނުކުރެވޭނެ ދެ ކަންތައް ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެޚަބަރު | 5 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ކޮޕް31 ގެ ހަވާސާގައި ޔޫ.އެން.ޑީ.ޕީ.ގެ އެޑްމިނިސްޓްރޭޓަރާ ބައްދަލުކުރައްވައިފިޚަބަރު | 5 ގަޑިއިރު ކުރިން މޫސުމީ ނާޒުކުކަމަކީ ގައުމުގެ މުސްތަގުބަލު ކަނޑައަޅާ އެއްޗަކަށް ވެގެން ނުވާނެ: ރައީސްޚަބަރު | 6 ގަޑިއިރު ކުރިން