logo
ޒީރޯ ވޭސްޓް މިއުޒިއަމް ބައްލަވާލައްވައި، މެޑަމް ސާޖިދާ 'ވިޝް ވޯލް' ގައި މެސެޖެއް ދެއްވައިފިMPL

MPL

ޚަބަރު

ފަލަސްޠީނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ރައީސް މުޢިއްޒު ދެއްވި ވަރުގަދަ މެސެޖު: ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއެކު!

މުހައްމަދު މޫސާމުހައްމަދު މޫސާ
13 ނޮވެމްބަރު 2026 - 02:27
ފަލަސްޠީނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ރައީސް މުޢިއްޒު ދެއްވި ވަރުގަދަ މެސެޖު: ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއެކު!

 

ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 ސަމިޓުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފަލަސްޠީނުގެ ބޮޑުވަޒީރު ޑޮކްޓަރ މުޙައްމަދު މުޞްޠަފާއާ ބައްދަލުކުރައްވައިފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނާއެކު ދިވެހިރާއްޖެއިން އެއްވެސް ޝަރުތަކާ ނުލައި، ސާބިތުކަމާއެކު ދެމިއޮތްކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ. އަދި މިނިވަންކަމާއި، ކަރާމާތާއި، އިންސާފާއި އަމިއްލަ އިޚްތިޔާރު ހޯދުމަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ ޙައްޤު މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް ފުރިހަމައަށް ތާއީދުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ދިވެހިރާއްޖެއިން ފަލަސްޠީނާއެކު އޮތް މި އެއްބައިވަންތަކަމަކީ ދިވެހިންގެ ހިތްތަކުގައި ބިންވަޅުނެގިފައިވާ ޤައުމީ ޢަޤީދާއާއި އިންސާނިއްޔަތާއި އިންސާފަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތާއި ދެމުންދާ އެއްބާރުލުން ދެގޮތެއްނުވެ ދެމިއޮންނާނެކަން ހާމަކުރައްވަމުން، 1967 ގެ ކުރިން އޮތް ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމުގެ ޙައްޤަށް ރާއްޖެއިން ވަކާލާތުކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ފަލަސްޠީނުގެ ރައްޔިތުން ދުވަހަކުވެސް އެކަނިވެރި ނުވާނެ ކަމުގެ ޔަޤީންކަން އަރުވައި، އެ ރައްޔިތުންނަށް އިންސާފާއި މިނިވަންކަން ލިބި، ދާއިމީ ޞުލްޙަ ޤާއިމުވަންދެން ރާއްޖެއިން އަބަދުވެސް އެޤައުމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްޠީނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ރައީސް މުޢިއްޒު ދެއްވި ވަރުގަދަ މެސެޖު: ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއެކު!ޚަބަރު | 28 މިނިޓު ކުރިންކްލައިމެޓް ފައިނޭންސިންގ ވާންވާނީ ޤައުމުތަކަށް މާލީ ބުރައަކަށް ނުވާފަދަ އެހީއަކަށް: ރައީސްޚަބަރު | ގަޑިއިރެއް ކުރިންރާއްޖޭގެ ބިމުން ކުޑަ މިންވަރެއް ގެއްލުނަސް އެއީ އިސްތިޤްލާލަށް އޮތް ނުރައްކަލެއް: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންއިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު: ދިވެހިންގެ ރިވެތި އާދަތައް އަލުން ދިރުވުމުގެ ތާރީހީ ފެށުމެއްރިޕޯޓް | 8 ގަޑިއިރު ކުރިން