ރައީސް އަރިހަށް ސައުތު އޭޝިއަން ޔުނިވަރސިޓީގެ ރައީސް، ޒިޔާރަތް ކުރައްވައިފި
15 ނޮވެމްބަރު 2026 - 12:50

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ސައުތު އޭޝިއަން ޔުނިވަރސިޓީ (އެސް.އޭ.ޔޫ) ގެ ރައީސް، ޕްރޮފެސަރ ކޭ. ކޭ. އަގަރްވާލް، އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
.png&w=750&q=75)
Ad by Hajj Corporation
ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ސައުތު އޭޝިއަން ޔުނިވަރސިޓީ އާ ދެމެދު މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ދެފަރާތުގެ މަސްލަޙަތު ހިމެނޭ ދާއިރާތަކުން، ޚާއްޞަކޮށް ޞިއްޙަތާއި މޫސުމީ ބަދަލުތަކުގެ ދާއިރާއިން ތަޢުލީމު ފޯރުކޮށްދިނުމަށްޓަކައި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ދެބޭފުޅުން ޚިޔާލުބަދަލު ކުރެއްވިއެވެ.
މީގެއިތުރުން، ޒުވާނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި، ސައުތު އޭޝިއަން ޔުނިވަރސިޓީއާއި ރާއްޖޭގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ދެމެދު ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ މެދުވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

-01.jpg&w=3840&q=75)
